ކ. މާލެ
|
5 ފެބްރުއަރީ 2020 | ބުދަ 13:20
ބީއެމްއެލްގެ އެކައުންޓް އަދި ލޯނުގެ ޚިދުމަތް ފަރުދުންނަށް ޚާއްސަކޮށްގެން ހުޅުވި ސެންޓަރު
ބީއެމްއެލްގެ އެކައުންޓް އަދި ލޯނުގެ ޚިދުމަތް ފަރުދުންނަށް ޚާއްސަކޮށްގެން ހުޅުވި ސެންޓަރު
ބީއެމްއެލް
ބީއެމްއެލް
ފަރުދުންނަށް ޚާއްސަކޮށްގެން ބީއެމްއެލްގެ އެކައުންޓް އަދި ލޯނުގެ ޚިދުމަތައް ޚާއްސަ ސެންޓަރެއް!
އެކައުންޓް އޯޕަނިންގ ސެންޓަރުން މިހާރުވެސް އޮންނަ އުސޫލުން ޚިދުމަތް ލިބޭނެ
ލޯން ސެންޓަރުގެ ޚިދުމަތަށްވެސް އެޕޮއިންޓްމަންޓް ސިސްޓަމެއް ޤާއިމުކޮށްފައިވޭ
ލޯނު ސެންޓަރުގައި އެއްފަހަރާ 3 މީހުންނަށް އެޕްއިންޓްމަންޓް ދެވޭނެ

އަމިއްލަ ފަރުދުންނަށް ޚާއްޞަކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެކައުންޓް ހުޅުވުމާއި، ލޯނުގެ ޚިދުމަތްތަކަށް ޚާއްޞަ ސެންޓަރެއް ހުޅުވައިފިއެވެ.

އަމީނީ މަގު ކަސްޓަމަރ ސަރވިސް ސެންޓަރ ހުންނަ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ބުދަ ދުވަހު އެސެންޓަރު ހުޅުވުމަށްފަހު ވަނީ ޚިދުމަތްފޯރުކޮށްދޭން ފަށާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މިވޭތުވެދިޔަ އަހަރުތަކުގައި ބޭންކުން ވަނީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ގިނަގުނަ އިންވެސްޓްމަންޓްތަކެއްކޮށްފައިކަމަށެވެ. އަދި އަލަށް ހުޅުވިގެންދިޔަ ޒަމާނީ ސެންޓަރގައި ކަސްޓަމަރުންނަށް އެހީތެރިވުމަށް ހާއްސަ ޓީމެއް މަސައްކަތްކުރަމުންދާނެކަމަށާއި، މިސެންޓަރުން ކަސްޓަމަރުން ބޭނުންވާނެ ފަދަ ފުރިހަމަ ހިދުމަތެއް ލިބިގެންދާނެކަމަށް ޓިމް ވިދާޅުވި އެވެ.

އެކަމާގުޅޭގޮތުން ބީއެމްއެލްގެ ސީނިއަރ މެނޭޖަރ، (ރީޓެއިލްސް އެންޑް މޭނޭޖްމަންޓް) ބަދުރުއްދީން ހަސަން ވިދާޅުވީ، ފުރަތަމަ ފަންގި ފިލާގަ ފަރުދުންނަށް އެކައުންޓް ހުޅުވުމާއި، ލޯނުގެ ޚިދުމަތްތަކަށް ޚާއްޞަ ސެންޓަރެއް ހުޅުވި ނަމަވެސް، މިހާރުވެސް އޮންނަ އުސޫލުން ޚިދުމަތް ލިބޭނެ ކަމަށެވެ. އެގޮތުން ކޮންޓެކްޓް ސެންޓަރަށް ގުޅުމަށްފަހު އެޕޮއިންޓްމަންޓް ހެއްދުމުން އިތުރަށް ކިއުގައި ނުޖެހި އެކައުންޓް ހުޅުވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ހައުސިންގ ލޯން، ހޯމް ކޮންސްޓްރަކްޝަން ލޯން، ހޯމް ޕަރޗޭސް ލޯން، ލައިފް ސްޓައިލް ލޯން އަދި ކިޔަވާ ލޯނަށް އެޕްލައި ކުރުމަށް މިކޮޅުން އެޕޮއިންޓްމަންޓް ލިބިގެންދާނެ، މީގެ އިތުރުން، ވޯލްކް-އިން ކަސްޓަމަރުންނަށް ޕާރސަނަލް ލޯނަށް އެޕްލައި ކުރައްވަން ބޭނުންވާ ފަރާތްތަކުންވެސް މިކޮޅަށް ވޯލްކް-އިން ކޮށްގެން ޚިދުމަތް ލިބިގެންދާނެ، އެގޮތުން ބީއެމްއެލް ވެހިކަލް ލޯން، ނޫނީ ބީއެމްއެލް އެކްސްޕްރެސް ލޯނަށް މިކޮޅުން ހަމަ ވޯލްކް-އިން ކޮށްގެން ޚިދުމަތް ލިބޭނެ އެޕޮއިންޓްމަންޓެއް ނުހެއްދިކަމަށްވިޔަސް،
ބީއެމްއެލްގެ ސީނިއަރ މެނޭޖަރ، (ރީޓެއިލްސް އެންޑް މޭނޭޖްމަންޓް) ބަދުރުއްދީން ހަސަން

އަލަށް ހުޅުވުނު އެކައުންޓް އޯޕަނިންގ އަދި ލޯން ސެންޓަރ އިން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 އިން މެންދުރުފަހު 3:00 އަށެވެ. އަދި މި ސެންޓަރ މެދުވެރިކޮށް އަމިއްލަ ފަރުދުންނަށް އެކައުންޓް ހުޅުވުމާއި، ޕަރސަނަލް ލޯނާއި ހައުސިންގ ލޯނަށް އެދި ހުށަހެޅޭނެއެވެ. ކަސްޓަމަރުންގެ ލުއި ފަސޭހަކަމާއެކު ކިއުގައި މަޑުކުރަންޖެހޭ ވަގުތު މަދުކުރުމަށްޓަކައި، އެކައުންޓް ހުޅުވުމާއި ލޯނަށް އެދި ހުށަހެޅުމަށް ކަސްޓަމަރުން ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރ ގެ ފޯނު ނަންބަރު 3330200 އަށް ގުޅުއްވުމުން އެޕޮއިންޓްމަންޓް ހަމަޖައްސައިދެވޭނެކަމަށް ބީއެމްއެލުން ބުންޏެވެ.

މި ސެންޓަރ މެދުވެރިކޮށް އަމިއްލަ ފަރުދުންނަށް އަލަށް އެކައުންޓް ހުޅުވުމާއި ލޯނަށް އެދި ހުށަހެޅޭނެއެވެ. ކާޑަށް އެދި ހުށަހެޅުމާއި، އިންޓަރނެޓް ބޭންކިންގ އާއި އިންޓަނޭޝަނަލް ޓްރާންސްފަރ ޚިދުމަތާއި ފައިސާގެ މުޢާމަލާތް ހިމެނޭ ހުރިހާ ޚިދުމަތެެއް ލިބެމުންދާނީ މެއިން ބްރާންޗް އިންނެވެ. ސްޓޭޓްމަންޓް އަށް އެދި ހުށަހެޅުމާއި، ޗެކް ފޮތާއި ކާޑު ދޫކުރުމުގެ ޚިދުމަތް ލިބެގެންދާނީ ކަސްޓަމަރ ސަރވިސް ސެންޓަރ އިންނެވެ. ފައިސާގެ މުޢާމަލާތްތައް ފިޔަވައި ވިޔަފާރިތަކުން ބޭނުންވާ އެހެން ހުރިހާ ޚިދުމަތެއް ދެމުންދާނީ ބީއެމްއެލް ބިޒްނަސް ސެންޓަރ އިންނެވެ.

ބީއެމްއެލުން ބުނީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 51 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ.

- ކޮމެންޓް