ކ. މާލެ
|
5 ފެބްރުއަރީ 2020 | ބުދަ 07:50
\"ޑައިމަންޑް ޕްރިންސަސް\"
"ޑައިމަންޑް ޕްރިންސަސް"
ގޫގުލް
ނޮވެލް ކޮރޯނާވައިރަސް
ކްރޫޒްޝިޕް އަކުން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް 10 މީހަކު ފެނިއްޖެ
10 މީހުން ފެނިފައިވަނީ "ޑައިމަންޑް ޕްރިންސަސް" ނަމަކަށް ކިޔާ މި ކްރޫޒް ޝިޕްއަކުން
އިތުރު 100 މީހުންގެ ޓެސްޓުތަކުގެ ނަތީޖާ ކުރިއަށް އޮތް ތަނުގައި ލިބޭނެ ކަމަށް ސީއެންއެންގައި ބުނެފައިވޭ

ކްރޫޒްޝިޕް އަކުން ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވް 10 މީހަކު ފެނިއްޖެއެވެ.

ސީއެންއެން އިން ރިޕޯޓުކުރާ ގޮތުގައި ޖަޕާނުގެ ޔޮކޮހަމާ ބޭގައި އޮތް ކްރޫޒްއަކުން އެ ވައިރަސް އަށް ޕޮޒިޓިވް 10 މީހަކު ފެނިފައިވާ ކަމަށެވެ. އެގޮތުން "ޑައިމަންޑް ޕްރިންސަސް" ނަމަކަށް ކިޔާ މި ކްރޫޒް ޝިޕް އުން އެ ވައިރަސް އަށް ޕޮސިޓިވް މީހުން ތިބިކަން ކަށަވަރުކޮށްދީފައިވަނީ ޖަޕާނުގެ ހެލްތު މިނިސްޓްރީންނެވެ.

10 މީހަކު މި ކްރޫޒްޝިޕް އިން ފެނިފައިވާއިރު 31 މީހަކު އެ ވައިރަސް އަށް ޝައްކު ކުރެވިގެން ޓެސްޓު ކުރެވިފައިވެއެވެ. އަދި އިތުރު 100 މީހުންގެ ޓެސްޓުތަކުގެ ނަތީޖާ ކުރިއަށް އޮތް ތަނުގައި ލިބޭނެ ކަމަށް ސީއެންއެންގައި ބުނެފައިވެއެވެ.

ޕެސެންޖަރުންނާއި ފަޅުވެރިން ހިމެނޭ ގޮތަށް ބޯޓުގައި 3700 އެއްހާ މީހުން އެބަތިއްބެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް