Advertisement
ކ. މާލެ
|
5 ފެބްރުއަރީ 2020 | ބުދަ 01:33
އިބްރާޙިމް ޝަރީފް
އިބްރާޙިމް ޝަރީފް
ޝުއައިބް މުހައްމަދު އިގްބާލް
އިބްރާހިމް ޝަރީފް
މެމްބަރު ޝަރީފަށް މަރުގެ އިންޒާރު ދީފި
އިންޒާރު ދިން މީހާގެ ނަންބަރު ޝަރީފް ވަނީ ހިއްސާކުރައްވާފައި
ސަބަބު ހާމައެއް ނުކުރައްވާ
މެމްބަރުންނަށް ސެކިއުރިޓީ ފޯރުކޮށްދެނީ އެމްއެންޑީއެފުން

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) އަށް މަރުގެ އިންޒާރު ދީފިއެވެ.

Advertisement

ޝަރީފްގެ ޓްވިޓަރ އެކައުންޓުގައި އޭނާ ވަނީ މަރުގެ އިންޒާރު ދިން ނަންބަރާއި އެމީހާގެ ނަން ހިއްސާކުރައްވާފައެވެ. ޝަރީފް ކުރެއްވި ޓްވީޓްތަކުގެ ތެރެއިން އެއް ޓްވީޓްގައި އޭނާ ވިދާޅުވެފައިވަނީ މަރުގެ އިންޒާރު ދީފައިވަނީ މުހައްމަދު އިސްމާއިލް ކިޔާ މީހަކުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ނަންބަރަކުން ކަމަށެވެ.

ޝަރިފް ވިދާޅުވީ، މަރުގެ އިންޒާރު މަޖިލީހަށް ހުށައަޅާފައިވާ ކަމަށާއި، މަޖިލީހުން އެކަން ބަލާނެ ކަމަށެވެ. ނަމަވެސް މަރުގެ އިންޒާރު ދިނީ ކޮންކަމަކާއި ގުޅިގެން ކަމެއް އޭނާއެއް ހާމައެއް ނުކުރައްވައެވެ. އަދި އެކަމާއި ގުޅިގެން މަޖިލީހުން ރަސްމީކޮށް އެއްވެސް އެއްޗެއް އަދި މިހާތަނަށް ހާމައެއް ނުކުރޭއެވެ.

އާއްމު އުސޫލެއްގެ ދަށުން މަޖިލީހުގެ މެމްބަރުންނަށް މަރުގެ އިންޒާރުދީގެން ސެކިއުރިޓީ އަށް އެދިއްޖެނަމަ އެމްއެންޑީއެފުން ސެކިއުރިޓީ ފޯރުކޮށްދޭން ޖެހެއެވެ. ހުސްވި އަހަރުގެ ޖުލައި މަހު ފަސް މެމްބަރަކަށް މަރުގެ އިންޒާރުދީގެން އެ މެމްބަރުންނަށް ސެކިއުރިޓީ ފޯރުކޮށްދީފައިވާ ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.

2014 ވަނަ އަހަރު އެމްޑީޕީގެ ހަތަރު މެމްބަރަކަށް މަރުގެ އިންޒާރު ދީފައިވެއެވެ. އެއީ ކޮން ބައެއްކަން ދެނެގަނެވިފައިވާ ކަމަށް ގެއްލުވާލާފައިވާ މީހުންނާ މަރާލާފައިވާ މީހުންގެ މައްސަލަ ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ވަނީ ހުސްވި އަހަރު ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް