ކ. މާލެ
|
4 ފެބްރުއަރީ 2020 | އަންގާރަ 20:42
އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ވައްދަނީ
އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ވައްދަނީ
ޓްވިޓަރ
މާރާމާރީ
ހުޅުމާލޭގައި 3 މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފި
އެކަން ފުލުހުންނަށް ހުށައެޅިފައިވަނީ އަންގާރަ ދުވަހުގެރޭގެ ވަގުތެއްގައި
ޒަހަމްކޮށްލާފައިވާ 3 މީހުންގެ ތެރޭގައި 2 ފަތުރުވެރިން ހިމެނޭ
ހަމަލާދީފައިވަނީ ހެލްމެޓް އަޅައިގެން ސައިކަލުތަކެއްގައި ދިޔަ ބައެއް ކަމަށް މައުލޫމާތު ލިބޭ

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ 3 މީހަކު ޒަޙަމްކޮށްލައިފިއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލޭގައި 3 މީހަކަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއް އަންގާރަ ދުވަހުގެރޭ 20:10 ހާއިރު ފުލުހުންނަށް ހުށައެޅިފައިވާ ކަމަށެވެ. އަދި އެކަން ހިނގާފައިވަނީ ހުޅުމާލޭ ރެޑްބުލް ދަނޑު ކައިރީގައި ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މި މާރާމާރީގައި އަނިޔާވެފައިވަނީ ޗައިނާ 2 ފިރިހެނުންނާއި، އޮސްޓްރޭލިއާގެ ފިރިހެނަކަށް ކަމަށެވެ. އަދި އެ މީހުންގެ ހާލު ސީރިއަސް ނޫންކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެމީހުންނަށް ހަމަލާދީފައިވަނީ ހެލްމެޓް އަޅައިގެން ސައިކަލުތަކެއްގައި ދިޔަ ބައެއް ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

- ކޮމެންޓް