Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2020 | އަންގާރަ 20:59
1 މިލިއަން މަސްދަޅު ހަދިޔާކުރާ ކަން އިއުލާނު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
1 މިލިއަން މަސްދަޅު ހަދިޔާކުރާ ކަން އިއުލާނު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ޔޫސުފް ސޮފްވާން ރަޝީދު
ރާއްޖެ-ޗައިނާ
ރާއްޖޭގެ ހަދިޔާ ޗައިނާއަށް: އެއް މިލިއަން މަސްދަޅު
މިގޮތަށް ނިންމަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ޗައިނާގައި އުޅޭ ދިވެހިންނަށް ޗައިނާ އިން ދެމުންދާ އެހީތެރިކަމަށް ޝާހިދު ވަނީ ޝުކުރުއަދާ ކުރައްވާފަ

ޗައިނާގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސްއާ ގުޅިގެން އެގައުމަށް އެހީތެރިވުމުގެ ގޮތުން ރާއްޖެއިން ޗައިނާއަށް 1 މިލިއަން މަސްދަޅު ހަދިޔާކޮށްފިއެވެ.

މިގޮތަށް ނިންމަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ. މިކަމާއި ގުޅިގެން އަންގާރަ ދުވަހުގެ ރޭ ފޮރިން މިނިސްޓްރީގައި ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ނޮވެލް ކޮރޯނާވައިރަސް އިން އަރައިގަތުމަށް ޗައިނާއިން ކުރަމުންދާ މަސައްކަތުގައި ދިވެހި ރާއްޖެ އޮތީ ޗައިނާ އާއި އެކުކަމަށެވެ.

ޝާހިދު ވިދާޅުވީ ޗައިނާގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސްގެ ބަލިމަޑުކަމުން އަރައިގަތުމަށާއި، އެބަލިން ރައްކާތެރިވުމަށް ޗައިނާއިން ހާމަކަން ބޮޑު ގޮތެއްގައި އަޅަމުންދާ ފިޔަވަޅުތަށް ފާހަގަކުރާ ކަމަށާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގްގެ ވެރިކަމުގެ ދަށުން މި ބަލިން އަވަސް މުއްދަތެއްގެ ތެރޭގައި އަރައިގަނެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

Advertisement

އަދި މީގެއިތުރުން ޗައިނާގައި ދިރިއުޅެމުންދާ ދިވެހިންނަށް ޗައިނާ ސަރުކާރުން ދެމުންދާ އެހީތެރިކަމަށް ޝާހިދު ވަނީ ޝުކުރުއަދާ ކުރައްވާފައެވެ.

ފާއިތުވިއަހަރުތަކުގައި ރާއްޖެއާއި ޗައިނާގެ ޚާރިޖީ ގުޅުން ބަދަހިވަމުން އަންނަ ކަމަށް ވިދާޅުވެ، ޝާހިދު ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެއްށް ތަރައްގީ ގެނައުމަށްޓަކައި ވަރަށް އިސް ދައުރެއް އަދާ ކުރާ ގައުމެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ދެގައުމުގެ ގުޅުން ބިނާވެފައިވަނީ ދެގައުމުގެ އެއްގޮތް ސިޔާސަތުތަކުގެ މައްޗަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް