Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2020 | އަންގާރަ 18:38
ފުވައްމުލަކުގައި ފީނަން ގޮސް އުޅުނު ބަޔަކު ނަގާފައިވާ ކަނޑުއަޑީގެ މަންޒަރެއް
ފުވައްމުލަކުގައި ފީނަން ގޮސް އުޅުނު ބަޔަކު ނަގާފައިވާ ކަނޑުއަޑީގެ މަންޒަރެއް
އިންސްޓަގްރާމް.ކޮމް/ލޮނުބްރޭކް
ފުވައްމުލަކު
ފުވައްމުލަކު ފަރިކެޑަ ސަރަޙައްދު ހިމާޔަތްކޮށްފި
އެއީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހުށަހެޅި ކަރުދާހެއް
އެ ސަރަޙައްދު ވަކި މެނޭޖުމަންޓް ޕްލޭނެއްގެ ދަށުން ހިމާޔަތް ކުރާނެ
އެގޮތަށް ކަނޑައެޅުމަށް ހުށައަޅާފައިވަނީ ފުވައްމުލަކު ސިޓީ ކައުންސިލުން

ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަޙައްދު ހިމާޔަތްކުރުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ނިންމަވައިފިއެވެ.

އަންގާރަ ދުވަހު ވަޒީރުންގެ މަޖިލީހުން ބޭއްވި ބައްދަލުވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހުށަހެޅި މި ކަރުދާހަށް މަޝްވަރާ ކުރެއްވުމަށްފަހު ނިންމަވާފައިވަނީ ފުވައްމުލަކު ސިޓީ ކައުންސިލުން ހުށަހަޅުއްވާފައިވާ ގޮތަށް ފުވައްމުލަކު ފަރިކެޑަ ސަރަޙައްދު ވަކި މެނޭޖުމަންޓް ޕްލޭނެއްގެ ދަށުން ރައްޔިތުންނަށް އޭގެ މަންފާކުރާގޮތަށް ހިމާޔަތްކުރުމަށެވެ.

Advertisement

އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން

ރައީސް އޮފީހުން ބުނީ، ޏ. ފުވައްމުލަކުގައިވާ ފަރިކެޑެ ސަރަހައްދަކީ އެކި ބާވަތްތަކުގެ މިޔަރު ސާފުވުމަށާއި ވިހެއުމަށް ޖަމާވެ އުޅޭ ސަރަހައްދެއް ކަމަށެވެ. އެގޮތުން މި ސަރަހައްދުން އާއްމުކޮށް ފެންނަ މުހިއްމު ދިރުން ތަކުގެ ތަރޭގައި ކަނޑި މިޔަރު, ފާނަ މިޔަރު, އެންމަޑި، އަދި ފެހުރިހި ހިމެނެއެވެ.

މި ދިރުންތަކަކީ ބައިނަލްއަޤްވާމީ ގޮތުން ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރުންތައް ކަމުން މި ފަދަ ދިރުންތައް ސާފުކުރުމަށާއި ވިހައި އާލާވުމަށް ބޭނުންކުރާ މި ސަރަހައްދު ހިމާޔަތްކުރުމަކީ މުހިއްމު ކަމެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ތިމާވެށި ރައްކާތެރި ކުރުމަށްޓަކައި މި ސަރުކާރުން ގިނަ ސަރަޙައްދުތަކެއް ހިމާޔަތް ކުރަމުންދާއިރު، ދިވެހިރާއްޖެ ތަރައްގީ ކުރުމުގެ މަސައްކަތް ކުރާނީ ރާއްޖޭގެ ގުދުރަތީ ރީތިކަން ވީހާ ވެސް ބޮޑަށް ދެމެހެއްޓޭނެ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް