Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2020 | އަންގާރަ 18:10
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު
ރައީސް އޮފީސް
ކޮރޯނާވައިރަސް
ކޮރޯނާވައިރަސްއާ ގުޅިގެން ރައީސްގެ ތައުޒިޔާގެ މެސެޖެއް ޗައިނާ ރައީސަށް ފޮނުއްވައިފި
މަރުވެފައިވާ މީހުންގެ އާއިލާތަކަށާއި، އެ ޤައުމުގެ ސަރުކާރަށް ތައުޒިޔާ ވިދާޅުވި
ރާއްޖޭގެ ސަރުކާރާއި ރައްޔިތުން ޗައިނާއާއެކު ދެމިތިބިކަން ފާހަގަކުރެއްވި
ވުހާންގައި ތިބި ދިވެހިން އަނބުރާ ގެނައުމުގައި ޗައިނާއިން އެހީވެފައިވޭ

ކޮރޯނާވައިރަސްއާ ގުޅިގެން ޗައިނާގެ ގިނަ ރައްޔިތުންތަކެއް މަރުވެފައިވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙުގެ ތައުޒިޔާގެ މެސެޖެއް ޗައިނާ ރައީސް ޝީ ޖިންޕިންގއަށް ފޮނުއްވައިފިއެވެ.

Advertisement

އާދިއްތަ ދުވަހު ރައީސް ފޮނުއްވެވި މި މެސެޖުގައި ވަނީ، ނޮވެލް ކޮރޯނާވައިރަސްގެ ސަބަބުން އެ ޤައުމުން މަރުވެފައިވާ މީހުންގެ އާއިލާތަކަށާއި، އެ ޤައުމުގެ ސަރުކާރަށް ތައުޒިޔާ ވިދާޅުވާ ކަމަށެވެ. އަދި ޗައިނާއަށް ކުރިމަތިވެފައިވާ ޤައުމީ ކުއްލި ޙާލަތުގެ މި ދަނޑިވަޅުގައި ރާއްޖޭގެ ސަރުކާރާއި ރައްޔިތުން ޗައިނާއާއެކު ދެމިތިބިކަން ރައީސްގެ މެސެޖުގައި ވަނީ ފާހަގަކުރައްވާފައެވެ.

އޭގެއިތުރުން، މި ވައިރަސް ފެތުރުމުގެ ސަބަބުން ކުރިމަތިވަމުން ދިޔަ ކަންކަމުގައާއި، ޗައިނާގައި ތިބި ދިވެހިންނަށް އެހީތެރިވުމުގައި ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ވެދީފައިވާ އެއްބާރުލުމާއި އެހީތެރިކަން ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ޝީ ޖިންޕިންގެ ބެއްލެވުމުގެ ދަށުން މި ވައިރަސްއާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅި މި ނުރައްކާތެރި ޙާލަތުން އަރައިގަނެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރި އޭގެ ނުރައްކާ ބޮޑުވެފައިވަނިކޮށް ވުހާންގައި ތިބި ދިވެހިން އަނބުރާ ގެނައުމުގައި ޗައިނާއިން ވެދިން އެހީތެރިކަމަށް ޗައިނާ ސަރުކާރަށާއި، ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލީ ޖޮންގްއަށް ރައީސް މީގެ ކުރިންވެސް ޝުކުރު އަދާކުރައްވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް