Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2020 | އަންގާރަ 18:14
ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާ
ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާ
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކައުންސިލްތައް ބާރުވެރި ކުރުވުމަށް ހުށައަޅާފައިވާ ދެ ޤަރާރެއް ފާސްކޮށްފި
މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ވަނީ ޤަރާރުތައް ދިރާސާކޮށްފައި
އެއް ޤަރާރަކީ ރަށްރަށުގެ މުއްސަނދިކަން އެރަށަކަށް ލިބިދިނުމަށް ގޮވާލާ ޤަރާރެއް
ދެވަނަ ޤަރާރަކީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށް ގޮވާލާ ޤަރާރެއް

ކައުންސިލްތައް ބާރުވެރި ކުރުވުމަށް މަޖިލީހުގެ ތަޅުމަށް ހުށައަޅާފައިވާ ދެ ޤަރާރެއް ފާސްކޮށްފިއެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި ފާސްކޮށްފައިވަނީ ރަށްރަށުގެ ސަރަހައްދު ކަނޑައެޅުމާއި ރަށްރަށުގެ މުއްސަނދިކަން އެރަށަކަށް ލިބިދިނުމަށް ގޮވާލާ ގަރާރާއި، ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށް ގޮވާލާ ޤަރާރެވެ.

ރަށްރަށުގެ މުއްސަނދިކަން އެރަށަކަށް ލިބިދިނުމަށް ގޮވާލާ ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ހުށަހަޅުއްވާފައިވާ ޤަރާރު މަޖިލީހުން ފާސްކޮށްފައިވަނީ ހާޒިރުވެ ތިއްބެވި 70 މެމްބަރުންގެ ތެރެއިން 68 މެމްބަރުންގެ ވޯޓުންނެވެ. މި ޤަރާރު ފާސް ކުރުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވި މެމްބަރަކު ނެތެވެ.

މި ގަރާރު ހުށަހަޅާފައިވަނީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އަމަލުކުރަން ފެށިފަހުން 8 އަހަރު ފާއިތުވެގެން ގޮސްފައިވާއިރު, އެ ގާނޫނުގެ މަގްސަދުތައް ހާސިލްވަމުން ނުދާތީއާއި އެ ގާނޫނުގެ ސަބަބުތައް ހޯދައި ދެނެގަތުމުގެ ބޭނުމުގައެވެ. އަދި އެ ގާނޫނުގެ ފުރިހަމަ ފައިދާ ރައްޔިތުންނަށް ލިބެންޖެހޭ ފުރިހަމަ ފައިދާ ރައްޔިތުންނަށް ލިއްބައިދެވޭނެ އުސޫލަކުން އެ ގާނޫނު ތަންފީޒު ކުރުމަށް އެޅިފައިވާ ހުރަސްތައް ނައްތާލަުންވެސް މި ގަރާރު ހުށަހެޅުނު ބޭނުން ތަކުގެތެރޭގައި ހިމެނެއެވެ.

Advertisement

މި ގަރާރަކީ ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން، އެ ގާނޫނަށް ގެނެވޭ އިސްލާހުތަކުގެ ޒަރީއާއިން ރަށްރަށުގެ ސަރަހައްދާއި ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅުމާއި އެކު ރަށްރަށުގެ ގުދުރަތީ މުއްސަނދިކަމާއި އުމްރާނީ ތަރައްގީގެ ވަސީލަތްތައް އެ ރަށަކަށް ލިބިދިނުމަށް ގޮވާލުމަށް ހުށެހެޅުނު ގަރާރެކެވެ.

އޭގެ އިތުރުން، ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށް ގޮވާލާ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ހުށައަޅުއްވާފައިވާ ޤަރާރު މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ ހާޒިރުވެ ތިއްބެވި މެމްބަރުންގެ ތެރެއިން 69 މެމްބަރުންގެ ވޯޓުންނެވެ. އެގޮތުން ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށް ގޮވާލާ މި ޤަރާރަކީ ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކައުންސިލްތަކުން ރައްޔިތުންނަށް ލިބިދޭންޖެހޭ ޚިދުމަތް ދިނުމުގައި ރައްޔިތުންނާއި ގާތުން ވެރިކަން ހިންގުމުގެ އުސޫލުތައް ތަންފީޒުކުރުމުގައި ނުކުޅެދިފައިވަނީ އެކަމަށް ބޭނުންވާ ގާބިލުކަން އެ ކައުންސިލްތަކުގައި ނެތުމުގެ ސަބަބުން ކަމަށް ފެންނާތީ، ރާއްޖޭގެ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވޭނޭ ގޮތަށް ގާނޫނު އެކުލަވާލުމަށް ގޮވާލާ ޤަރާރެކެވެ.

އަދި ބިމުގެ ކުލީގެ ގޮތުގައި ސަރުކާރަށް ލިބޭ އާންމުދަނީގެ 40 އިންސައްތަ، ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލަކުން ކައުންސިލްތަކަށް ލިބިދިނުމާއި ކައުންސިލްތަކަށް މާލީ ގޮތުން ބާރުވެރިކުރުމަށްޓަކައި ކައުސިލްތަކަށް ދޭ ފައިސާ ބޭނުން ކުރުމާ ގުޅޭ އުސޫލުތަކާއި އެ ފައިސާއާ ގުޅިގެން އުފެދޭ އިދާރީ އަދި މާލީ ޒިންމާތަައް ގާނޫނުގައި ކަނޑައެޅިގެން ބަޔާންކުރުމަށް މަޖިލީހުން އިގުރާރުވުމަށް މި ގަރާރުގައި ހިމަނާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް