Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2020 | އަންގާރަ 17:21
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އޮފީސް
ވަޒީރުންގެ މަޖިލިސް
ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ރާއްޖެއަށް ކޮރޯނާވައިރަސް އައުމުގެ ފުރުޞަތު ކުޑަކުރުމަށް: ރައީސް ސޯލިހު
ބަލީގެ ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން
ބައްޔާބެހޭ އެންމެފަހުގެ މަޢުލޫމާތުތައް ރައްޔިތުންނަށް ދެއްވުމަށް ޚަބަރުފަތުރާ ވަސީލަތްތަކާ ގަވާއިދުން ބައްދަލުކުރައްވަން ރައީސް އިލްތިމާސްކުރެއްވި
ރާއްޖެއަށް ކޮރޯނާ ވައިރަސް، ބޭރުން އައުމުގެ ފުރުޞަތު ކުޑަކުރެއްވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަން

މިދުވަސްވަރަކީ ވަރަށްގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ދުވަސްވަރެއް ކަމަށާއި, އެންމެ ޚާއްޞަ އިސްކަމެއް ދެއްވަނީ، ރާއްޖެއަށް ކޮރޯނާ ވައިރަސް އައުމުގެ ފުރުޞަތު ކުޑަކުރެއްވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Advertisement

އަންގާރަ ދުވަހު ކޮރޯނާ ވައިރަސްއާ ގުޅޭގޮތުން ކަމާބެހޭ މިނިސްޓްރީތަކުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، ކޮރޯނާ ވައިރަސްގެ ނުރައްކާތެރި ޚަބަރު ސަރުކާރަށް ލިބިވަޑައިގަތުމާ ގުޅިގެން، ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވައި އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދެވި ކަމަށެވެ. އެކަމުގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގެ ވަޒީރުންނާއި، އެ ވުޒާރާތަކުގެ ވެރިންނާއި މުވައްޒަފުންނާއި، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާއި މުވައްޒަފުންގެ އެއްބާރުލުމާއި އެހީތެރިކަން ސަރުކާރަށް ލިބެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮރޯނާ ވައިރަސް އާއި ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން

މީގެއިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ އިސްބޭފުޅުންނާއި، ރިޒޯޓުތަކާއި ގެސްޓްހައުސްތަކުންނާއި، ކަމާގުޅޭ އަމިއްލަ އެހެން އިދާރާތަކުން މިކަމަށް ދެއްވާ ސަމާލުކަމާއި އަހަންމިއްޔަތު ފާހަގަކުރައްވައި އެބޭފުޅުންނަށްވެސް ޝުކުރު އަދާކުރައްވައި ރައީސް ސޯލިހު އިތުރަށް ވިދާޅުވީ މިދުވަސްވަރަކީ ވަރަށްގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ދުވަސްވަރެއް ކަމަށްވުމާއެކު، އެންމެ ޚާއްޞަ އިސްކަމެއް ދެއްވަނީ، ރާއްޖެއަށް ކޮރޯނާ ވައިރަސް، ބޭރުން އައުމުގެ ފުރުޞަތު ކުޑަކުރެއްވުމަށްކަމަށެވެ. އަދި އެގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް ވަރަށް ރަނގަޅަށް އަޅަމުންދާ ކަމަށާއި ރާއްޖޭގެ ރައްޔިތުންގެ މެދުގައި، މިބަލީގެ ނުރައްކާތެރިކަމާއި، ބަލީގެ ހޭލުންތެރިކަން އިތުރުކުރުމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރައްވަމުން ގެންދަވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މިބަލި މުޅި ދުނިޔެއިން ކޮންޓްރޯލް ކުރެވެންދެން، ރާއްޖޭގައި އެޅެންހުރި ފިޔަވަޅުތައް، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާ އެކީގައި އަޅުއްވަމުން ގެންދަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސް، ރާއްޖެއާ އަވަށްޓެރި ބައެއް ހިސާބުތަކުގައި ފެތުރެމުންދިޔުމާއެކު، މިހާރުން މިހާރަށް އެޅެންހުރި އިތުރު ފިޔަވަޅުތަކާ ގުޅޭގޮތުންވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޝްވަރާ ކުރައްވައި، އެޅެންހުރި ފިޔަވަޅުތައް، ކަމާބެހޭ ހުރިހާ ފަރާތްތައް ގުޅިގެން އެޅުއްވުމަށް ރައީސް ސޯލިހު ވަނީ އެދިވަޑައިގެންފައެވެ. އަދި މި ބައްޔާބެހޭ އެންމެފަހުގެ މަޢުލޫމާތުތައް ރައްޔިތުންނަށް ދެއްވުމަށް ޚަބަރުފަތުރާ ވަސީލަތްތަކާ ގަވާއިދުން ބައްދަލުކުރައްވައި، ކަމާބެހޭ މަޢުލޫމާތުތައް ޙިއްޞާކޮށްދެއްވުމަށް، ކަމާބެހޭ އިދާއިރާތަކަށް ރައީސް ސޯލިހު ވަނީ އިލްތިމާސްކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް