ކޮންސްޓްރަކްޝަން އިންޑަސްޓްރީ ޑިވެލޮޕްމަންޓް ޑިޕާރޓްމަންޓް އިން ސިއްޙަތާބެހޭ ހޭލުންތެރިކަން އިތުރުކުރުވުމާ ބެހޭ ބައްދަލުވުމެއް ބާއްވައިފިއެވެ.
އަންގާރަ ދުވަހު ސިއްހަތާބެހޭ ކަންބޮޑުވުންތަކައް އަހުލުވެރިކޮށް އަދި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމުގެ ސްޕީކަރ އަކީ ޑރ އަޙްމަދު ފައިސަލެވެ. އަދި މިބައްދަލުވުލުގެ ބައިވެރިންނަކީ ކޮންސްޓްރަކްޝަންއިންޑަސްޓްރީ ޑިވެލޮޕްމަންޓް ޑިޕާރޓްމަންޓްގެ މުވައްޒަފުންނާއި އެހެނިހެން ޑިޕަރޓްމަންޓްތަކުގެ އިސްވެރިންނެވެ.
މިބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ ސިއްޙީގޮތުން ތައްކާތެރިވުމުގައި ބަލަންވީ ކަންތައްތަކާއި، ފެކްޓަރ ބޯން ބަލިތަށާއި، H5Nl ވައިރަސްއަށްށާއި، މަސައްކަތުގެ މާހައުލުގައި ސާފުތާހިރުކަން އަދި ބަލިތަކުން ރައްކާތެރިވުމާއި ބަލިތަކުން ދުރުހެލިވުމާއި ބެހޭ ގޮތުންނެވެ.