Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2020 | އަންގާރަ 16:11
ދިވެހިރާއްޖޭގެ ދިދަ އާއި ކޮމަންވެލްތުގެ ދިދަ
ދިވެހިރާއްޖޭގެ ދިދަ އާއި ކޮމަންވެލްތުގެ ދިދަ
ރާއްޖެއެމްވީ
ރައްޔިތުންގެ މަޖިލިސް
ކޮމަންވެލްތް ޕާލިމަންޓްރީ އެސޯސިއޭޝަންގައި ބައިވެރިވުމަށް މަޖިލީހުން ރުހުންދީފި
މި އެސޯސިއޭޝަންގައި ބައިވެރިވުމަށް ފާސްކުރީ ވޯޓު ދެއްވި މެމްބަރުންގެ އިއްތިފާގުން
މިއީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށައެޅުއްވި ގަރާރެއް
ރާއްޖެ އަލުން ކޮމަންވެލްތުގެ މެމްބަރަކަށް ވެފައިވަނީ ފެބްރުއަރީ 1 ވަަނަ ދުވަހު

ކޮމަންވެލްތް ޕާލިމަންޓްރީ އެސޯސިއޭޝަން (ސީޕީއޭ) ގައި ރައްޔިތުންގެ މަޖިލީހުން ބައިވެރިވާން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މި ގަރާރު ފާސްކޮށްފައިވަނީ، ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. އެގޮތުން ޖުމްލަ 67 މެމްބަރަކު ވަނީ މި ވޯޓުގައި ބައިވެރިވެވަޑައިގެންފަ އެވެ. މި ގަރާރު މަޖިލީހަށް ހުށައެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު މެމްބަރު އަލީ އާޒިމް އެވެ. އަދި ގަރާރަށް ތާއީދުކުރެއްވީ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު އެވެ.

މި ގަރާރު ހުށައަޅާފައިވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 241 އެއް ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގައި ބަޔާންކުރަނީ، ރައްޔިތުންގެ މަޖިލީހުން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ޤާނޫނުހަދާ މަޖިލިސްތަކާއި އެ މަޖިލިސްތަކުގައި ޤާއިމުކުރެވިފައިވާ ފްރެންޑްޝިޕް ގްރޫޕްތަކާ ގުޅުން ޤާއިމުކޮށް ދަމަހައްޓަންވާނެ ކަމަށެވެ.

Advertisement

ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު، ކޮމަންވެލްތްގެ މެމްބަރެއްގެ ގޮތުގައި ދިވެހިރާއްޖެ ކަނޑައެޅުމަށް އެ ޖަމިއްޔާއިން ރުހުން ދީފައިވަނީ، މި އަހަރުގެ ފެބްރުއަރީ މަހުގެ އެކެއްގައެވެ. ކޮމަންވެލްތާ އަލުން ގުޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ކޮމަންވެލްތުން ވަންނަ ކަމަށް ތުހުމަތުކޮށް، އެ ޖަމިއްޔާއިން ވަކިވާން ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. އެ ޖަމިއްޔާއިން ރާއްޖެ ވަކިވީ، 34 އަހަރު ވަންދެން ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮތުމަށް ފަހުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް