Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2020 | އަންގާރަ 14:04
ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް
ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
އެއްވެސް ބަޔަކަށް ހިލޭ ގޯތި ދޭކަށް ނުޖެހޭ: ސަނީފް
ދުނިޔޭގެ ބިން ބޮޑެތި ގައުމުތަކުގައިވެސް ހިލޭ ގޯތި ދުލެއް ނުކުރޭ: ސަނީފް
ވެށިފަހި ޕްރޮގްރާމްގެ މަގުސަދު ހާސިލެއް ނުވޭ: ސަނީފް
ގުޅީފަޅު ރައްޔިތުންނަށް ހައްގު ބަދަލު ދިނުމަށް ސަނީފް ތާއީދުކުރެއްވި

ރާއްޖޭގެ އެއްވެސް ސަރަހައްދަކުން އެއްވެސް ބަޔަކަށް ހިލޭ ގޯތި ދޭން ނުޖެހޭކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަނީފް ވިދާޅުވީ، ހިލޭ ގޯތި ދިނުމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކުރާ ކަމެއް ނޫންކަމަށެވެ. އަދި ދުނިޔޭގައި މިޔަށް ވުރެ ބިން ބޮޑެތު ގައުމުތަކުގައިވެސް ބިމަކީ ވިއްކާ އެއްޗެއްކަން ފާހަގަކުރައްވާ ސަނީފް ވަނީ އެއްވެސް ބަޔަކަށް ހިލޭ ގޯތި ދޫކުރަން ނުޖެހޭ ކަމަށް ވިދާޅުވެފައެވެ.

Advertisement

ރާއްޖޭގެ އެއްވެސް ފަސްގަނޑަކުން ހިއްކާ ބިމަކުން، ހިލޭ ބިން ދޫކުރެވޭނެ އުސޫލު އެއީ އަޅުގަނޑުމެން ގަބޫލުކުރާ ކަމެއްނޫން.
ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް

އޭގެ އިތުރުން މެމްބަރު ސަނީފް ވަނީ، ވެށިފައި މާލެ ޕްރޮގްރާމްގެ ދަށުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން ބިން ދޫކުރުމުން، ބޭނުންވީ މަގުސަދު ހާސިލްވީތޯ ސުވާލު އުފައްދަވާފައެވެ. އެގޮތުން މީގެ ކުރިން އެ ޕްރޮގްރާމްގެ ތެރެއިން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން މަދު ބަޔަކު ފިޔަވައި، ގޯތީގައި ގެދޮރު އިމާރާތް ކޮށްފައިވަނީ ކޮންމެވެސް މަހުޖަނެއް ކަމަށާއި، ހަގީގީ މަންފާއެއް ރައްޔިތުންނަށް ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖުމްލައެކު ހުޅުމާލެއިން ވެށިފަހި ޕްރޮގްރާމްގެ ދަށުން ގޯތި ދިން މީހުންގެ ތެރެއިން ދިހަ މީހުން ފިޔަވައި، ދެން ތިބި އެންމެންގެ ގޯތި ހެދީ ކޮންމެވެސް މަހުޖަނު ބަޔަކު. ހަދައިގެން އެ މީހަކު މިއަދުވެސް އުޅެމުންދަނީ އެންމެ ފްލޯއެއްގައި، ހަމަ އެ ދަތި ހާލުގައި.
ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް

ސަނީފް ވަނީ ވެށިފަހި މާލެ ޕްރޮގްރާމްގައި ބައިވެރިވީ ފަރާތްތަކުގެ ތެރެއިން 150 މީހަކަށް އަދިވެސް ގޯތި ނުލިބި ހުރިކަންވެސް ފާހަގަކުރައްވާފައެވެ. އަދި މި މީހުންނަށް އަނެއްކާވެސް ގޯތިދީ އެ ދަތި ހާލުގައި ޖައްސަނީތޯ ސަނީފް ސުވާލުކުރެއްވިއެވެ.

މިހެން ދެންނެވި ކަމުގައިވީ ނަމަވެސް، ސަނީފް ވަނީ ގުޅީފަޅުން ފްލެޓް ގަތް ފަރާތްތަކުގެ ބަދަލު ދިނުމަށް ތާއީދުކޮށް ވާހަކަދައްކަވާފައެވެ. އެގޮތުން އެ ފަރާތްތަކަށް ލިބުނު ގެއްލުމުގެ ބަދަލު އެއީ އެ ފަރާތްތަކަށް ހައްގު އެއްޗެއް ކަމަށް ވިދާޅުވިއެވެ. އެގޮތުން ގުޅީފަޅުން ފްލެޓް ނުވަތަ ބިން ގަތުމަށް ފައިސާ ދެއްކި ފަރާތްތަކަށް މާލެ ނުވަތަ މާލެ ކައިރީ ސަރަހައްދަކުން ފްލެޓް ނުވަތަ ގޯތި ދިނުމަށް ސަނީފް ގޮވާލެއްވިއެވެ.

ރައީސް ނަޝީދުގެ ދައުރުގައި ފެއްޓެވި ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެއިން ބިން ދޫކޮށްލާ ފަރާތްތަކަށް ހުޅުމާލެއިން ވަނީ ގޯދި ދޫކޮށްފައެވެ. ނަމަވެސް ރައީސް ޔާމީންގެ ދައުރުގައި އެ ޕްރޮގްރާމް ވަނީ ހުއްޓުމަކަށް ގެނެސްފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވީ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކަށް ފްލެޓް ނުވަތަ ގޯދި ދޭނެ ކަމުގެ ޔަގީންކަން އެމްޑީޕީން ވަނީ ތަކުރާރުކޮށް ދީފައެވެ. އަދި އެ ޕްރޮގްރާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެންމެ ދަތި ހާލުގައި ދިރިއުޅެމުންދާ 4000 އެއްހާ މީހުންގެ ލިސްޓެއްވެސް އެމްޑީޕީން ވަނީ އެކުލަވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
17 ފެބްރުއަރީ 2020 | ހޯމަ 13:04
ކަަކު؟
ކޮބައިތޯ ޢަޅުގަނޑުމެންއަތުގަ ތި ބުނާ ކަ ހހަލަ ތަނަވަސްކަމެއް/ ފައިސާއެއް... ކިރިޔާ ފުދިގެން ދިރިއުޅޭ މީ ހުން މި... ތިކަ ހަލަ ކަންކަން މަޖިލީ ހހުގައި ކޮއްގެން ތިބެ ޖީބައް ފައިސާވެސް އެޅޭނީ ހަމަ ކަލޭމެނައް
7 ފެބްރުއަރީ 2020 | ހުކުރު 20:36
ހިހހނުޖެ ހޭދޭކަށް
ހުޅުމާލެއަކީ މާލޭމީ ހުންގެ ތަރިކަވާރުތަ މުދަލެއްނޫން މުޅިގައުމުގެ ރައްޔަތުން ދަރުވައިގެން އަތޮޅުތެރޭރައްތަ ރިޒޯޓު ހަދައިގެންލިބޭ ހުރިހ ހާއިންކަމު މާލެއަށް ހަރަދުކުރަނީ
4 ފެބްރުއަރީ 2020 | އަންގާރަ 16:24
ސިންޓެކްސް
ހުޅުމާލެއިން މާލޭގެ ރަށްވެހިންނަށް ގޯތި ހިލޭ ދޫނުކުރެވެންޏާ، އެހެން ރަށްރަށުން އެރަށެއްގެ ރަށްވެހީންނަށްވެސް ހިލޭ ގޯތި ދޫކޮށގެން ނުވާނެ
4 ފެބްރުއަރީ 2020 | އަންގާރަ 16:02
ޜަަ
ާ ަެކަނިވެރި މަައިންގެ ކެޓަ ގެރީ ފެއިލްވީތޯ.. .......