ކ. މާލެ
|
5 ފެބްރުއަރީ 2020 | ބުދަ 07:16
ހަޔަރ އެޑިއުކޭޝަނުން ބޭއްވި ޕްރެސްކޮންފަރެންސެއްގެ ތެރެއިން
ހަޔަރ އެޑިއުކޭޝަނުން ބޭއްވި ޕްރެސްކޮންފަރެންސެއްގެ ތެރެއިން
ޝުއައިބް މުހައްމަދު އިގްބާލް
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ
ސްޓޫޑެންޓް ލޯނަށް ކުރިމަތިލުމަށް މި މަހުގެ ތެރޭގައި ހުޅުވާލަނީ
ހަޔަރ އެޑިއުކޭޝަނުން ތާރީހެއް އިއުލާން ނުކުުރޭ
ތައުލީމަށް ބޮޑު އަދަދެއް ހޭދަކުރަން ސަރުކާރުން ވަނީ ނިންމާފައި

ރާއްޖެއާ ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ޙާޞިލުކުރަން ބޭނުންވާ ދަރިވަރުންނަށް ދޫކުރާ ލޯނުތަކަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ ތެރޭގައި ހުޅުވާލަން ނިންމައިފިއެވެެ.

އަދި މިހާތަނަށް މި އަހަރުގެ ލޯން ސްކީމް ހުޅުވާލާފައެއް ނުވެއެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު ރާއްޖެ.އެމްވީ އަށް ވިދާޅުވީ، މި ހިނގާ ފެބްރުއަރީ މަހުގެ ތެރޭގައި ލޯނަށް ހުޅުވާލާނެ ކަމަށެވެ. އެކަމަކު ވަކި ތާރީޚެއް އޮފިޝަލް ހާމަކޮށްފައެއް ނުކުރައްވައެވެ.

ހުސްވި އަހަރު ސްޓޫޑެންޓް ލޯނަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން 163 ފަރާތަކަށް ވަނީ ލޯނު ދޫކޮށްފައެވެ.

ކުރިން ލޯނުގެ އުޞޫލު ހަމަޖެހިފައި އޮންނަ ގޮތުން ދަރިވަރުންނަށް ކިޔަވަން ދެވެނީ ސަރުކާރުން ކަނޑައަޅާ ޤައުމުތަކަށެވެ. ނަމަވެސް އުޞޫލަށް ގެނައި ބަދަލާއެކު މިހާރު އެކުއްޖަކު ބޭނުން ޤައުމަކުން ކިޔެވުމުގެ ފުރުޞަތު އޮތް އިރު ،ކޮންމެ ޤައުމަކަށް ދިޔަ ނަމަވެސް ހިނގާ ޚަރަދު ބޮޑު ވިނަމަވެސް އެ އިތުރުވާ ޢަދަދު އެކުއްޖަކު އަމިއްލައަށް ޚަރަދު ކުރާ ގޮތަށް ލޯނުގެ އުޞޫލަށް ބަދަލު ގެނެސްފައި ވެއެވެ.

- ކޮމެންޓް