Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2020 | އަންގާރަ 13:46
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއާ ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވަނީ
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއާ ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވަނީ
މުހައްމަދު ފަޒީން
އިންފޮމޭޝަން ކޮމިޝަނަރު/ ޓްރާންސްޕޭރެންސީ
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ޓްރާންސްޕޭރަންސީ ގުޅިގެން މަސައްކަތް ކުރުމަށް ސޮއިކޮށްފި
މައުލޫމާތު ހޯދާލިބިގަތުގެ ދާއިރާ އިތުރަށް ތަރައްގީ ކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ދާއިރާއިން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އަންގާރަ ދުވަހު ބޭއްވި، މި ރަސްމިއްޔާތުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ އެވެ. ޓްރާންސްޕޭރެންސީގެ ފަރާތުން ސޮއިކުރެއްވީ އެޖަމިއްޔާގެ އެޑްވޮކެސީ އަދި ކޮމިއުނިކޭޝަންސް މެނޭޖަރު، އައިމަން ރަޝީދު އިބްރާހިމް އެވެ.

އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު ވިދާޅުވީ، މަޢުލޫމާތު ހޯދާ ލިބިގަތުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތުގައި ޓްރާންސްޕޭރެންސީއާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދިއުމަކީ މިދާއިރާ ކުރިއެރުވުމަށް ލިބިގެންދާ އިތުރު ހިތްވަރެއް ކަމަށެވެ. ނަމަވެސް ފިޔާޒު ވިދާޅުވީ، ޓްރާންސްޕޭރެންސީއަކީ އަބަދުވެސް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް، އަދި ޚާއްޞަކޮށް އޭނާ އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމާ ޙަވާލުވެވަޑައިގެންވިފަހުން ވަރަށް ބޮޑަށް އެއްބާރުލުން ލިބެމުންދާ ޖަމްޢިއްޔާއެއް ކަމަށެވެ.

ފިޔާޒު ވިދާޅުވީ، މަޢުލޫމާތު ހޯދާ ލިބުގަތުމާއި، ދައުލަތުގެ ހާމަކަށް ބޮޑުކުރުމަށް ޓްރާންސްޕޭރެންސީ މިހާތަނަށް އަދި މިހާރުވެސް ކުރަމުންދާ މަސައްކަތްތަކަކީ ފާހަގަކޮށްލަންޖެހޭ މަސައްކަތެއް ކަމަށެވެ.

Advertisement

ފިޔާޒު ވިދާޅުވީ މަޢުލޫމާތު ހޯދާލިބިގަތުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ޓްރާންސްޕޭރެންސީއަކީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ވަރަށް ގިނަ ޚިޔާލުތަކާއި މަޝްވަރާތައް ދެއްވަމުން ގެންދަވާ ޖަމްޢިއްޔާއެއް ކަމަށެެވެ.

އައިމަން ވިދާޅުވީ، މަޢުލޫމާތު ހޯދާލިބިގަތުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ހާމަކަން ބޮޑު ދައުލަތެއް އުފެއްދުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއެކު މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުމަކީ ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އައިމަން ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމާ ފިޔާޒު ޙަވާލުވެވަޑައިގެންވިފަހުން، މަޢުލޫމާތު ހޯދާލިބިގަތުމުގެ ދާއިރާއަށާއި ދައުލަތުގެ އޮފީސްތަކުން މަޢުލޫމާތު ލިބުމުގައި ވެސް އިތުރު ފަސޭހަތަކެއް ވަމުންދާ ކަމަށެވެ. ނަމަވެސް އަދިވެސް އިތުރަށް މަޢުލޫމާތު ހޯދާލިބިގަތުމުގެ ދާއިރާ ހަރުދަނާކޮށް، ދައުލަތުގެ ތެރޭގައި ހިނގާ އަނދިރިކަންކަން ހުއްޓުވުމަށާއި ހާމަކަން ބޮޑު ދައުލަތެއް އުފެއްދުމުގެ ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް އައިމަން ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް