Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2020 | އަންގާރަ 13:02
ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން
ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން
ރާއްޖެ އެމްވީ
މާލެ ސިޓީ ކައުންސިކލް
މިއަދުން ފެށިގެން މާލެ ސިޓީ ކައުންސިލްގެ ޖަލްސާތައް ލައިވް ކުރަނީ
ލައިވްކުރާ ފުރަތަމަ ޖަލްސާ އަންގާރު ދުވަހު 16:00 ގައި
ޖާގައޮތް ވަރަކުން އާއްމުންނަށް ވަދެވޭނެ: ސިޓީ ކައުންސިލްް
ޖަލްސާ އޮންނާނީ މާފަންނު އޮފީހުގައި

މާލޭ ސިޓީ ކައުންސިލްގެ އާއްމު ޖަލްސާތައް އަންގާރަ ދުވަހުން ފެށިގެން ލައިވްކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ، ލައިވް ކޮށްގެން ބާއްވާ ފުރަތަމަ ޖަލްސާ އޮންނާނީ އަންގާރަ ދުވަހު 16:00 ގައެވެ. ލައިވް ކުރާ ޖަލްސާތައް އޮންނާނީ މާލޭ ސިޓީ ކައުންސިލްގެ މާފަންނު އޮފީހުގައެވެ.

ސިޓީ ކައުންސިލުން ހަމަޖައްސާފައިވަނީ ޖަލްސާތައް ބާއްވާއިރު ޖާގަ އޮތް މިންވަރަކުން އަޑުއެހުމަށް ޢާއްމުންނަށް ވަދެވޭގޮތަށެވެ. ޖަލްސާ އަޑުއަހަން ބޭނުންވާ ފަރާތްތަކުން އެދުވަހު 13:45 އަށް ހާޒިރުވާން ވާނެކަމަށް ކައުންސިލުން ބުންޏެވެ.

Advertisement

މާލޭ ސިޓީ ކައުންސިލްގެ މާފަންނު އޮފީހުގައި ކުރަމުންދިޔަ އެޑްމިނިސްޓްރޭޝަންގެ މަސައްކަތާއި، ޕްރޮކިއުމަންޓް މަސައްކަތް މިހާރުވަނީ އެމް.ޑަބްލިޔު.އެސް.ސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގގެ 4 ވަނަ ފަންގިފިލާއަށް ބަދަލުވެފައެވެ.

މާލެ ސިޓީން ބާއްވާ ޖަލްސާތައް ލައިވްކުރަން ނިންމާފައިވާއިރު، މީގެ ކުރިން ކައުންސިލުން ނިންމާ ނިންމުންތައް ހަމާކުރަނީ ޕްރެސް ކޮންފަރެންސް ނުވަތަ ޕްރެސް ރިލީޒްއަކުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް