Advertisement
ކ. މާލެ
|
24 މާރޗް 2017 | ހުކުރު 06:29
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)
އަޒުމޫން އަހުމަދު
އެކައުންޓް ބްލޮކް ކުރުން
މީރާ އިން ސަބަބު ނުބުނެ އާއްމުންގެ އެކައުންޓް ބްލޮކް ކުރާ މައްސަލަ ބޮޑުވެއްޖެ
އާއްމުންގެ އެކައުންޓް ބްލޮކް ކުރާ ސަބަބެއް ކަނޑައެޅިގެން ހާމަކޮށްފައެއް ނުވޭ

ބޮޑެތި ކުންފުނިތަކުގެ އެކައުންޓްތައް މީރާއިން ފްރީޒް ކުރި ވާހަކައިން ހަފްތާ ނިމެނުން ދަނިކޮށް އެހެން އެކައުންޓް ތަކަކާއި މީރާ އާއި މައްސަލަ ޖެހި ހޫނުވެއްޖެއެވެ.

މި ފަހަރު މީރާ އިން ބްލޮކް ކުރަމުންދަނީ ފައިސާގެ އެކައުންޓް ތަކެއް ނޫނެވެ. ބައެއް އާއްމުންގެ ޓުވިޓަރު އެކައުންޓް ތަކެކެވެ.

ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި އެތައް އެކައުންޓެއް ބްލޮކް ކޮށްފައިވާތީ އެ ފަރާތްތަކުން މި ކަމާ ގުޅިގެން މީރާއަށް އަމާޒުކޮށް ވަރަށް ހޫނު މެސެޖްތަކެއް ވަނީ ފޮނުވާފައެވެ.

މީރާ އިން ބައެއް އާއްމުންގެ ޓްވިޓަރު އެކައުންޓު ތައް ބްލޮކް ކުރަމުންދާ ސަބަބެއް ކަނޑައެޅިގެން އެފަރާތުން ހާމަކޮށްފައި ނެތަސް، ބެލެވޭ ގޮތުގައި އެކަން ކުރަމުންދަނީ، ބައެއް ވިޔަފާރި އެކައުންޓްތައް މީރާއިން ފްރީޒް ކުރުމާ ގުޅިގެން މިރާގެ ރަސްމީ ޓުވިޓަރު އެކައުންޓަށް ޓެގް ކޮށް ހިތްހަމަ ނުޖެހުން ފާޅު ކުރަމުން ގެންދާތީއެވެ.

މީރާއިން ބްލޮކްކުރި އެއް އެކައުންޓަކީ ރައީސް ނަޝީދުގެ ގާނޫނީ ޓީމުގައިވެސް ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިންގެ އެކައުންޓެވެ. އެކަމާ ގުޅިގެން މީރާއިން އޭނާގެ އެކައުންޓް ބްލޮކް ކުރީ ކީއްވެތޯ ސުވާލު ކުރައްވާފައިވެއެވެ. ހިސާން ވިދާޅުވެފައިވާ ގޮތުގައި މީރާގެ ރަސްމީ އެކައުންޓުން އޭނާ ބްލޮކް ކުރުން ދޭހަކޮށްދެނީ މީރާއަކީ ދައުލަތުގެ މުއައްސަސާއަކަށް ނުވާ ކަމެވެ.

 

މީރާއިން ބްލޮކް ކުރި އެހެން ފަރާތެއް ކަމުގައިވާ މީކާއިލް ނަސީމް އޭނާގެ އެކައުންޓް ބްލޮކް ކުރުމާ ގުޅިގެން ބުނެފައިވަނީ ގައުމީ ޓެކްސް އިދާރާއިން އަދައިގެ ސިޔާސީ މީހެއްގެ ގޮތައް ކަންކުރާ ހަމަ އެކަނި ގައުމަކީ ދިވެހިރާއްޖެއަށް ވުން އެކަށީގެންވާ ކަމަށެވެ.

 

މިރާއިން ބްލޮކް ކޮށްފައިވާ އިތުރު އެކައުންޓަކަށް ބަލާއިރު، ރައީސް ނަޝީދުގެ އޮފީހުގައި މަސައްކަތް ކުރައްވާ އައިމިނަތު ޝައުނާގެ އެކައުންޓްވެސް ހިމެނެއެވެ. ޝައުނާގެ އެކައުންޓް މީރާއިން ބްލޮކް ކޮށްފައިވާއިރު ޝައުނާވެސް ވަނީ ޓެކްސް އޮފީސް މީރާއަށް ވަރަށް ބޮޑަށް ފާޑު ކިޔުންތައް އަމާޒު ކޮށްފައެވެ.

 

މީރާއިން ބައެއް އާއްމު ފަރާތްތަކުގެ ޓުވިޓަރ އެކައުންޓްތައް ބްލޮކް ކުރުމާއި ގުޅިގެން އެ ފަރާތްތަކުން ޖުމްލަ ކޮށް ބުނަމުންދާ ވާހަކައަކީ ދައުލަތުގެ މުއައްސަސާއަކަށް ފާޑު ކީ ނަމަވެސް އެކަން ހަޖަމު ކުރެވެން ޖެހޭނެ ކަމަށާއި ޚާއްސަ ކޮށް ރައްޔިތުންނަކީ ޓެކްސް ދައްކާ ބަޔަކަށް ވާއިރު، ފާޑު ކިޔުންތައް ބަލައިގަނެވޭނެ ހިތްވަރު އެފަދަ މުއައްސަސާތަކުގައި ހުންނަންޖެހޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް