Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2020 | އަންގާރަ 13:03
މާލެގައި ހުޅުވި ޖަރމަން ޝެންގެން ވަގުތީ ވިސާ ސެންޓަރު
މާލެގައި ހުޅުވި ޖަރމަން ޝެންގެން ވަގުތީ ވިސާ ސެންޓަރު
ފޮރިން މިނިސްޓްރީ
ޖަރމަން ޝެންގެން ވިސާ
ޖަރމަން ޝެންގެން ވަގުތީ ވިސާ ސެންޓަރު ހުޅުވައިފި
ފެބްރުއަރީ ހަޔަކާއި ހަމަޔަށް ހިދުމަށް ލިބޭނެ: ފޮރިން މިނިސްޓްރީ
ދާއީމީ ސެންޓަރު ހުޅުވަނީ މާޗް މަހު
ސެންޓަރު ހުޅުވީ އަންގާރަ ދުވަހު

ޖަރުމަނުވިލާތަށް ދަތުރުކުރާ ދިވެހިންނަށް، ރާއްޖެއިން "ޝެންގެން ވިސާ" ލިބޭ ގޮތަށް ހަމަޖައްސައިދިނުމުގެ ގޮތުން ފޮރިން މިނިސްޓްރީން ގާއިމްކުރި ޝެންގެން ވަގުތީ ވިސާ ސެންޓަރު ހުޅުވައިފިއެވެ.

ފޮރިން މިނިސްޓްރީގައި ހުޅުވި މި ސެންޓަރަކި ޖަރުމަންވިލާތުގެ ސަރުކާރުން އިންތިޒާމް ކޮށްގެން ދިވެހި ސަރުކާރުގެ އެހީތެރިކަމާއި އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީއާ ގުޅިގެން ހުޅުވި ސެންޓަރެކެވެ.

ފޮރިން މިނިސްޓްރީން ބުނީ، މީގެ ކުރިން ވިސާ އަށް އެދި ރާއްޖެއިން ހުށައަޅާފައިވާ އެޕޮއިންޓްމެންތްސްތައް އެ ސެންޓަރުން ބަލައިގަންނާނެ ކަމަށެވެ. މިހާތަނަށް 162 އެޕޮއިންޓްމެންޓް ބުކް ކޮށްފައިވާއިރު، ޑިމާންޑް ބޮޑުވުމުގެ ސަބަބުން ސެންޓަރުގެ ހިދުމަށް މި ހިނގާ މަހުގެ ހަޔަކާއި ހަމަޔަށް ދައްމާލުމަށް ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީގެ އޮފީހުން ބުންޏެވެ.

Advertisement

މާލޭގައި ޖަރުމަންވިލާތުގެ ޝެންގެން ވިސާ އެޕްލިކޭޝަން, ދާއިމީ ސެންޓަރެއް އަންނަ މަހު ހުޅުވޭނެކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ އިއުލާންކުރައްވާފައެވެ.

ޝެންގެން ވިސާއަކީ ޔޫރަޕުގެ ޝެންގެން ޞަރަޙައްދަށް ވަނުމަށް ނަގަން ޖެހޭ ވިސާ އެވެ. ވިލާތުގެ 26 ޤައުމަކުން އެކުލަވާލާފައިވާ ސިޔާސަތެއްގެ ދަށުން ޝެންގެން ޞަރަޙައްދުގެ އެއް ޤައުމަކަށް ވަދެވިއްޖެނަމަ ޕާސްޕޯޓް ކޮންޓްރޯލެއް ނެތި އަނެއް 25 ޤައުމަށްވެސް ދަތުރުކުރެވޭނެ އެވެ. އެހެންކަމުން ޝެންގެން ވިސާ އަކީ ވަރަށް ބޮޑަށް ބެލުމަށްފަހު، ބެކްރައުންޑް ޗެކްތަކެއް ހެދުމަށްފަހު ޝެންގެން ޤައުމުތަކުން އެޤައުމުތަކަށް އެތެރެވުމަށް ދޫކުރާ ވިސާއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް