Advertisement
ކ. މާލެ
|
3 ފެބްރުއަރީ 2020 | ހޯމަ 12:31
މައުލޫމާތު ދިނުމުގެ ޕްރޮގްރާމްގެ ތެރެއިން
މައުލޫމާތު ދިނުމުގެ ޕްރޮގްރާމްގެ ތެރެއިން
ހެލްތު މިނިސްޓްރީ
ކޮރޯނާވައިރަސް
ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ޢާންމުން ހޭލުންތެރިކުރުމުގެ ޚާއްޞަ ޕްރޮގުރާމުތަކެއް ފަށައިފި
ރާއްޖެގެ ހުރިހާ އަތޮޅެއް ކަވަރކުރުމަށް ވަނީ ހަމަޖެހިފައި
މިޕްރޮގްރާމުގެ ތެރެއިން ހޯމް ވިޒިޓްކޮަށް މައުލޫމާތުދޭނެ
ސްކޫލުތަކުގައި ވެސް މިވައިރަސްއާ ބެހޭ ގޮތުން މައުލޫމާތުދޭނެ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަހުން ސަލާމަތްވުމަށް ރާއްޖެއިން އަޅަމުންގެންދާ ފިޔަވަޅުތަކުގެތެރެއިން ޢާންމުން ހޭލުންތެރިކުރުމުގެ ޚާއްޞަ ޕްރޮގުރާމުތަކެއް ފަށައިފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ އަތޮޅުތެރެއަށް ޢަމާޒުކޮށްގެން ކުރިއަށްގެންދާ މިޕްރޮގުރާމުތަކުގައި ރާއްޖެގެ ހުރިހާ އަތޮޅެއް ކަވަރކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ.

Advertisement

ރަށްރަށުގައި ކުރިއަށްގެންދާ މިޕްރޮގުރާމުގެ ތެރެއިން ދޮރުން ދޮރަށް (ޑޯ-ޓު-ޑޯ/ ހޯމް ވިސިޓް)ކޮށް މަޢުލޫމާތު ދިނުމާއި ސްކޫލްތަކުގައި ތަޢުލީމު ޙާޞިލުކުރަމުން އަންނަ ކުދިންނަށާއި އޮފީސްތަކާއި އެކި މުއައްސަސާތަކުގައި ސެޝަންތައް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ކޮރޯނާވައިރަސްއާ ބެހޭ ގޮތުން ސްކޫލު ކުދިންނަށް މައުލޫމާތުދެނީ

މީގެ އިތުރުން ހެލްތު މިނިސްޓްރީން ބުނީ މިޙަރަކާތުގެ ތެރެއިން ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަހާއި ގުޅޭ މަޢުލޫމާތާއި އެވައިރަސް ފެތުރޭ ގޮތާއި އޭގެއިން ރައްކާތެރިވުމަށް ފަރުދީގޮތުންނާއި މުޖުތަމަޢު ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގެ މަޢުލޫމާތުތައް ދެވިފައިވާ ކަމަށެވެ.

ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށްރަށުގައި ހުރި ހޮސްޕިޓަލް، ޞިއްޙީ މަރުކަޒު އަދި ޞިއްޙީ އިދާރާތަކާއި މިކަމާ ބެހޭ އެހެނިހެން ފަރާތްތައް ގުޅިގެން އަންނަނީ މަސައްކަތްކުރަމުންނެވެ. މިވައިރަހުން ރައްކާތެރިވުމަށް ރާއްޖޭގެ ފަތުރުވެރިންނަށް ޚިދުމަތްދޭ ރިސޯޓުތަކުގައި ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް