Advertisement
ކ. މާލެ
|
3 ފެބްރުއަރީ 2020 | ހޯމަ 09:37
ކޮރޯނާ ވައިރަހަށް ޝައްކުކުރެވުނުކަމަށް ބެލެވޭ މީހަކު، ކ. ފުނަދޫއަށް ސިފައިންގެ ބެލުމުގެ ދަށުން ގެންދަނީ
ކޮރޯނާ ވައިރަހަށް ޝައްކުކުރެވުނުކަމަށް ބެލެވޭ މީހަކު، ކ. ފުނަދޫއަށް ސިފައިންގެ ބެލުމުގެ ދަށުން ގެންދަނީ
ޓްވިޓަރ
ކޮރޯނާ ވައިރަސް
ކޮރޯނާ ވައިރަހަށް ޝައްކުކުރެވުނު އެކަކުވެސް ބައްޔަށް ޕޮޒިޓިވްއެއް ނޫން: ރައީސް
3 މީހަކަށް ޝައްކުކުރެވުނު
ބޮޑަށް ޝައްކު ކުރެވުނީ އެކަކަށް
3 މީހުންވެސް އެކަހެރިކުރި

ކޮރޯނާ ވައިރަހަށް ޝައްކުކުރެވުނު އެކަކުވެސް ބައްޔަށް ޕޮޒިޓިވް ވެފައިނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހް ވިދާޅުވީ ޓެސްޓުތަކުގެ ނަތީޖާ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަމަށެވެ. އަދި ބައްޔަށް ޝައްކުކުރެވުނު އެކަކުވެސް ބައްޔަށް ޕޮޒިޓިވް ވެފައިިނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ކޮރޯނާ ވައިރަހުގެ ނުރައްކާ ރާއްޖެއަށްވެސް އެބައޮތްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ލަފަޔާ އެއްގޮތަށް ސަރުކާރުގެ ހުރިހާ އިދާރާތައް، އެއް ޢަޒުމެއްގައި މަސައްކަތްކުރާކަމަށެވެ. އަދި އެއީ އިޤްތިޞާދީ ގޮތުންވެސް ރާއްޖެއަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއްކަމަށް އެމަނިކުފާނނު ވިދާޅުވި އެވެ.

Advertisement

ރައީސް ސޯލިހް ވިދާޅުވީ ފަތުރުވެރިކަމަށް ލިބިދާނެ ގެއްލުން އެނގި ތިބެ، ވައިގެ މަގުން ކުރެވޭ ބައިނަލްއަޤްވާމީ ބައެއް ދަތުރުތައް މެދުކަނޑައިލީ، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށްވާތކަމަށެވެ. އަދި މި ނުރައްކާތެރި ވަބާއިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުން އަންނަކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް