Advertisement
ކ. މާލެ
|
24 މާރޗް 2017 | ހުކުރު 04:01
ޕީޕީއެމްގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމް
ޕީޕީއެމްގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމް
މިހާރު
ފާރިސް ފުލުހަށް ހާޒިރުކުރުން
ފުލުހުންގެ ބިރުދެއްކުމުގެ އަމަލުތަކުން މަސީހުގެ ވޯޓް ސަރުކާރަށް ގެއްލޭނެކަން ހާމަވޭ: މައުމޫނު
މި ވޯޓް ސަރުކާރަށް ގެއްލިގެންދާނެ

ފުލުހުންގެ އަމަލުތަކުން މަސީހުގެ ވޯޓާ މެދު ސަރުކާރު ބިރުން އޮތްވަރު ހާމަވާ ކަމަށް ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

 

ތީމުގޭ އޮޑިޓް ރިޕޯޓަކާ ގުޅިގެން ކަމަށް ބުނެ، ފާރިސް މައުމޫނު ބުރާސްފަތި ދުވަހު ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވަނިކޮށް ރައީސް މައުމޫނު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، މެންބަރުންގެ ފާޑުކިއުމާއި މި ވޯޓާއި ގުޅިގެން ދައްކަވާ ވާހަކަކުން މި ވޯޓް ސަރުކާރަށް ގެއްލިގެންދާނެކަން ދޭހަވާ ކަމަށެވެ.

 

ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނު މި ހަފްތާގެ ތެރޭގައި، ތިން ފަހަރަށް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލްކޮށްފައިވާ އިރު، މައުމޫނު ވިދާޅުވީ، މިއީ ފުލުހުން ބިރުދެއްކުމަށް ބޭނުން ކުރާ އުކުޅުތައް ކަމަށެވެ.

ފާރިސް ބުރާސްފަތި ދުވަހު މެންދުރު 2:00 ހާއިރު ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައި ވަނީ ތީމުގޭ އޮޑިޓް ރިޕޯޓާ ގުޅިގެންނެވެ. އޭނާ ފުލުހަށް ހާޒިރުކުރީ އެ އިދާއިރާއިން ތަޙްގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ސުވާލުކުރަން ކަމަށް ފުލުހުން ބުންޏެއެވެ.

ފުލުހުން ބުނީ އެ އިދައިރާއިން ތަޙްގީގް ކުރަމުންދާ މައްސަލައަކާ ގުޅިގެން އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވެސް މީހުން ހާޒިރުކުރާ ކަމަށެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުން ފާރިސް ފުލުހަށް ހާޒިރުކޮށް ކުރި އެއްވެސް ސުވާލަކަށް ފާރިސް ޖަވާބުދެއްވާފައެއް ނުވެއެވެ. އަދި ސުވާލަކަށް ޖަވާބު ދެއްވަނީ ގާނޫނީ ވަކީލެއްގެ ހާޒިރުގައި ކަމަށް ފާރިސް ވިދާޅުވި ކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް