ކ. މާލެ
|
3 ފެބްރުއަރީ 2020 | ހޯމަ 02:53
ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި އެ ޕާޓީގެ އާންމު މެންބަރަކު ވޯޓުލަނީ
ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި އެ ޕާޓީގެ އާންމު މެންބަރަކު ވޯޓުލަނީ
ޔޫސުފް ސޮފްވާން ރަޝީދު
އެމްޑީޕީ
ޑަބްލިއުޑީސީ ޕްރައިމަރީގައި ވޯޓުލެވޭނީ ޖެނުއަރީ 1 އަށް ދަފްތަރުގައި ހިމެނޭ މެންބަރުންނަށް: އެމްޑީޕީ
ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވާނީ 05 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ މެންދުރު 2:00 އަށް
ކެންޑިޑޭޓުންގެ ލިސްޓު އާއްމުކުރާނީ 08 ފެބްރުއަރީ 2020 ވާ ހޮނިހިރު ދުވަހު
އިންތިހާބުގެ ވޯޓުލުން އޮންނާނީ މި މަހުގެ 14 ވަނަ ދުވަހު

މި މަހުގެ 14 ވަނަ ދުވަހު ބާއްވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކޮށް، ޕްރައިމަރީގައި ވޯޓުލެވޭނީ މިދިޔަ މަހުގެ 1 ވަނަ ދުވަހާ ހަމައަށް ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ފަރާތްތަކަށް ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ބުނީ މި އަހަރު އޮންނަ އަންހެނުންގެ ތަރައްގީ އައް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުން ހޯދުމަށް ބާއްވާ ޕާޓީގެ ޕްރައިމަރީގައި ވާދަކުރެވޭނީ އަދި އެޕްރައިމަރީގައި ވޯޓްދެވޭނީ 01 ޖެނުއަރީ 2020 ގެ ކުރިން ޕާޓީގެ މެމްބަރުންގެ ދަފްތަރުގައި ހިމެނިފައިވާ ޕާޓީ މެންބަރުންނަށް ކަމށެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އެމްޑީޕީގެ ޕްރައިމަރީ މިހާރު ވަނީ އިއުލާންކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެމްޑީޕީން ބުނީ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވާނީ 05 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ މެންދުރު 2:00 އަށް ކަމަށެވެ.

އަދި ކެންޑިޑޭޓުންގެ ލިސްޓު އާއްމުކުރާނީ 08 ފެބްރުއަރީ 2020 ވާ ހޮނިހިރު ދުވަހު ކަމަށާއި، އިންތިހާބުގެ ވޯޓުލުން އޮންނާނީ މި މަހުގެ 14 ވަނަ ދުވަހު ކަމަށެވެ.

- ކޮމެންޓް