Advertisement
ކ. މާލެ
|
3 ފެބްރުއަރީ 2020 | ހޯމަ 01:06
މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން
މާލެ ސިޓީ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން
ޓްވިޓަރ
މާލެ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލްގެ ޖަލްސާތައް ލައިވްކުރާގޮތަށް ހަމަޖައްސައިފި
ލައިވްކުރާ ފުރަތަމަ ޖަލްސާ އޮންނާނީ މި މަހުގެ 14 ވަނަ ދުވަހު

މާލޭ ސިޓީ ކައުންސިލްގެ ޢާއްމު ޖަލްސާތައް ލައިވްކުރާގޮތަށް ހަމަޖައްސައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ލައިވް ކޮށްގެން ބާއްވާ ފުރަތަމަ ޖަލްސާ އޮންނާނީ މިފެބުރުއަރީ މަހުގެ 14 ވާ އަންގާރަ ދުވަހު ކަމަށެވެ. އަދި ލައިވް ކުރާ ޖަލްސާތައް އޮންނާނީ މާލޭ ސިޓީ ކައުންސިލްގެ މާފަންނު އޮފީހުގައި އެދުވަހު މެންދުރު 2:00 ޖަހާއިރުއެވެ.

Advertisement

ސިޓީ ކައުންސިލުން ހަމަޖައްސާފައިވަނީ ޖަލްސާތައް ބާއްވާއިރު ޖާގަ އޮތް މިންވަރަކުން އަޑުއެހުމަށް ޢާއްމުންނަށް ވަދެވޭގޮތަށެވެ. އަދި ޖަލްސާ އަޑުއަހަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 1:45 އަށް ހާޟިރުވާންޖެހޭނެކަމަށް ވަނީ ބުނެފައެވެ.

މާލޭ ސިޓީ ކައުންސިލްގެ މާފަންނު އޮފީހުގައި ކުރަމުންދިޔަ އެޑްމިނިސްޓްރޭޝަންގެ މަސައްކަތާއި، ޕްރޮކިއުމަންޓް މަސައްކަތް މިހާރުވަނީ އެމް.ޑަބްލިޔު.އެސް.ސީގެ ކަސްޓަމަރ ސަރވިސް ބިލްޑިންގގެ 4 ވަނަ ފަންގިފިލާއަށް ބަދަލުވެފައިވާތީ އާއްމު ބައްދަލުވުންތައް ހިނގާނީ މާފަންނު އޮފީހުގައިކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް