Advertisement
ކ. މާލެ
|
3 ފެބްރުއަރީ 2020 | ހޯމަ 01:01
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ (ކ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (މ) އަދި ނައިބު ރައީސް ފައިސަލް ނަސީމް (ވ)
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ (ކ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (މ) އަދި ނައިބު ރައީސް ފައިސަލް ނަސީމް (ވ)
ރައީސް އޮފީސް
އެޑިއުކޭޝަން
ޤުރުޢާން އިޙްތިޔާރީ މާއްދާއެއްގެ ގޮތުގައި ނަހަދާނެ: މިނިސްޓް
ޤުރުޢާން ހުރިހާ ދަރިވަރުންނަށްވެސް ކިޔަވައިދިނުމަކީ މިނިސްޓްރީގެ އަމާޒެއް

ޤުރުޢާން އިޙްތިޔާރީ މާއްދާއެއްގެ ގޮތުގައި ހެދުމަކީ މި މިނިސްޓްރީން އެއްވެސް އިރެއްގައި ވިސްނާފައިވާ ކަމެއް ނޫން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން މިހެން ބުނެފައިވަނީ ޤުރުއާނަކީ އިހްތިޔާރީ މާއްދާއެއްކަމަށް ހަދަން އުޅޭކަމުގެ އަޑުގަދަވެފައިވަނިކޮށެވެ.

މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އާ ޤައުމީ މަންހަޖު އެކުލަވާލެވި ތަންފީޒުކުރަން ފެށިގެންދިއުމާއެކު ގްރޭޑް 1 އިން 10 އާއި ހަމައަށް މާއްދާއެއްގެ ގޮތުގައި ކީރިތި ޤުރުޢާން ކިޔަވައިދޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 2019 ވަނަ އަހަރު ޤައުމީ މަންހަޖުގެ ކީ ސްޓޭޖް 4 މުޅިން އަލަށް ތަންފީޒުކުރެވިގެން ދިއުމާއެކު މާއްދާއެއްގެ ގޮތުގައި ކީރިތި ޤުރުއާން ގްރޭޑް 9 ގައި ކިޔަވައިދޭން ފަށާފައިވާ ކަމަށާއި، 2020 ވަނަ އަހަރު ގްރޭޑް 10 ގެ ދަރިވަރުންނަށް މާއްދާއެއްގެ ގޮތުގައި ކީރިތި ޤުރުޢާން ކިޔަވައި ދެމުންދާ ކަމަށެވެ.

Advertisement

މިނިސްޓްރީން ބުނީ ކީރިތި ޤުރުޢާން ހުރިހާ ދަރިވަރުންނަށްވެސް ކިޔަވައިދިނުމަކީ މިނިސްޓްރީގެ އަމާޒެއް ކަމަށެވެ. އަދި ކީރިތި ޤުރުޢާން އިޙްތިޔާރީ މާއްދާއެއްގެ ގޮތުގައި ހެދުމަކީ މިނިސްޓްރީން އެއްވެސް އިރެއްގައި ވިސްނާފައިވާ ކަމެއް ނޫން ކަމަށް ބަޔާނުގައިވަނީ ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ މިނިސްޓްރީން އަބަދުވެސް މަސައްކަތްކުރާނީ ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއިން ނުކުންނަ ކޮންމެ ދަރިވަރަކީ އިސްލާމީ އަޤީދާގެ މަތީގައި ފައިތިލަ ސާބިތުކޮށްގެންތިބޭ، ޚުލްޤު ހެޔޮ ދަރިވަރަކަށް ހެދުމަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް