Advertisement
ކ. މާލެ
|
3 ފެބްރުއަރީ 2020 | ހޯމަ 01:07
ޖަޕާނުން ރާއްޖެއަށް ސަރޖިކަލް މާސްކް ހަދިޔާކުރަނީ
ޖަޕާނުން ރާއްޖެއަށް ސަރޖިކަލް މާސްކް ހަދިޔާކުރަނީ
ފޮރިން މިނިސްޓްރީ
ޖަޕާނުން މާސްކް ހަދިޔާކުރުން
ޖަޕާނުން 9،000 މާސްކް ހަދިޔާކޮށްފި
ސަރުކާރުން ބުނަނީ ރައްޔިތުންނަށް ބޭނުންވާވަރަށް މާސްކް އެބަހުރިކަމަށް

ޖަޕާނު ސަރުކާރުން 9000 މާސްކު ރާއްޖެ އަށް ހަދިޔާކޮށްފި އެވެ.

މި 9،000 މާސްކާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެލެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު ހަލީލް އެވެ.

Advertisement

ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ޖަޕާން ސަރުކާރުން 9،000 މާސްކް ހަދިޔާ ކުރީ، ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް ފެތުރުން ކޮށްޓްރޯލްކޮށް، ހުއްޓުވުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކަމަށެވެ.

ގިނަ އަދަދެއް ދިވެހިން މާސްކު ހޯދަން މަސައްކަތް ކުރަމުންދާތީ، ކޮންމެވެސް ވަރަކަށް މާސްކު ކޮންޓްރޯލްކޮށް، އަދި އަގު ބޮޑުކޮށް ބައެއް ފިހާރަތަކުން ވިއްކަމުންދާކަމުގެ ޝަކުވާތައްވެސް ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މިީޑިއާގައި ހިއްސާކޮށްފަ އެވެ. ނަމަވެސް ދިވެހި ސަރުކާރުން ބުނަނީ ރާއްޖެ އަށް ބޭނުންވާ ވަރަށް މާސްކު މިހާރު ވެސް އެބަހުރި ކަމަށާއި އަދި މާސްކު އެތެރެކުރުމުގެ މަސައްކަތް ވެސް އެސްޓީއޯ މެދުވެރިކޮށް ކުރަމުންދާނެ ކަމަށްވެސް ސަރުކާރުން ބުނެއެވެ.

ސަރުކާރުން ބުނީ މިފަދަ ދަނޑިވަޅުތަކުގައި އަގު ބޮޑުކޮށް، އެފަދަ ތަކެތި ވިއްކާ ފަރާތްތަކާމެދު ފިޔަވަޅުއަޅަންޖެހިއްޖެނަމަ އެކަން ވެސް ކުރާނެ ކަމަށެވެ.

ހެލްތް ޕްރޮޓެކްޝަން އެޖޭންސީ (އެޗްޕީއޭ) އިން ވަނީ އާންމު ފަރާތްތަކުގެ ތެރެއިން މި ބަލީގެ އަލާމާތްތައް ނުހުންނަ މީހުން މާސްކް އެޅުމަކީ މުހިއްމު ކަމެއް ނޫން ކަމަށެވެ.

ވައިރަސް އިން ރައްކާތެރިވާން މާސްކް އަޅަންޖެހެނީ ކޮން ފަރާތްތަކެއް؟

1- ރޯގާޖެހި ކެއްސާ، ނޭވާކުރުވެ ނޭވާލާން އުނދަގޫވާ ފަރާތްތައް

2- މި ބަލީގެ އަލާމާތްތައް ހުރި ފަރާތްތަކާއި ގާތްކޮށް އުޅޭ މީހުން

3- ސިއްހީ ދާއިރާގެ ބޭފުޅުންގެ ތެރެއިން މި ބަލީގެ އަލާމާތްތައް ހުރި ފަރުވާދިނުމުގެ މަސައްކަތުގައި އުޅޭ މީހުން

ނޮވެލް ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނުނީ ޗައިނާގެ ވޫހާން ސިޓީން ނެވެ. އޭގެފަހުން މުޅި ޗައިނާއަށް އެ ވައިރަހުގެ ނުރައްކާ ބޮޑުވެ، ބައެއް ގައުމުތަކަށްވެސް ވައިރަހުގެ އަސަރުކޮށް، މުޅި ދުނިޔެ ނުރައްކަލުގެ ހާލަތަކަށް ވެއްޓިދާނެ ކަމަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ގުޅިގެން ގައުމުތަކުން ގެންދަނީ ރައްކާތެރި ފިޔަވަޅުތައް އަޅަމުންނެވެ.

ޗައިނާއިން އައި ދިވެއްސަކަށް ކޮރޯނާ ވައިރަހުގެ އަސަރުކޮށްފައިވާ ކަމަށް ޝައްކުކުރެވޭތީ، އޭނާ ވަނީ ކަރަންޓީން ކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
3 ފެބްރުއަރީ 2020 | ހޯމަ 02:07
ފަހމޔ
ވަރަރަގަލުވަަހަކަެ