ކ. މާލެ
|
2 ފެބްރުއަރީ 2020 | އާދީއްތަ 22:00
ޖޭއެސްސީގެ ބައްދަލުވުމެއްގެ ތެރެއިން
ޖޭއެސްސީގެ ބައްދަލުވުމެއްގެ ތެރެއިން
ޓްވިޓަރ
ޖޭއެސްސީ
ވިހެއުމުން ޗުއްޓީ ލިބޭގޮތަށް ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެންނަނީ
ފަނޑިޔާރުންނަށް ދެވޭ ޗުއްޓީގެ ތެރޭގައި ވިހެއުމާ ގުޅިގެން އަންހެންނަށް ދެވޭ 06 މަސް ދުވަހުގެ ޗުއްޓީ ހިމެނުމަށް ޖޭއެސްސީން ވަނީ ނިންމާފައި
އަނބިމީހާ ވިހެއުމާ ގުޅިގެން ފިރިހެނުންނަށް ދެވޭ 01 މަސްދުވަހުގެ ޗުއްޓީ ހިމެނުމަށް ވެސް ވަނީ ނިންމާފައި
ވިހެއުމާ ގުޅިގެން އަންހެންނަށް ހަމަސް ދުވަހުގެ ޗުއްޓީ ދިނުމާއި އަނބިމީހާ ވިހެއުމާ ގުޅިގެން ފިރިހެނުންނަށް އެއްމަސް ދުވަހުގެ ޗުއްޓީއެއް ދިނުމަކީ ރިޔާސީ ވައުދެއް

ފަނޑިޔާރުންނަށް ދެވޭ ޗުއްޓީގެ ތެރޭގައި ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ހިމެނުމަށް ފަނޑިޔާރުންގެ ޤާނޫނަށްއިސްލާޙު ގެންނަން ފެންނަކަމަށް ދައުލަތުގެ ބަންޑާރަނާއިބާއި ރައްޔިތުންގެ މަޖިލީހުގައި ދެންނެވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ން ނިންމައިފި އެވެ.

ޖޭއެސްސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފަނޑިޔާރުންނަށް ދެވޭ ޗުއްޓީގެ ތެރޭގައި ވިހެއުމާ ގުޅިގެން އަންހެންނަށް ދެވޭ 06 މަސް ދުވަހުގެ ޗުއްޓީއާއި އަނބިމީހާ ވިހެއުމާ ގުޅިގެން ފިރިހެނުންނަށް ދެވޭ 01 މަސްދުވަހުގެ ޗުއްޓީ ހިމެނުމަށް ޖޭއެސްސީން ވަނީ ނިންމާފައިވާ ކަމަށެވެ.

ވިހެއުމާ ގުޅިގެން އަންހެންނަށް ހަމަސް ދުވަހުގެ ޗުއްޓީ ދިނުމާއި އަނބިމީހާ ވިހެއުމާ ގުޅިގެން ފިރިހެނުންނަށް އެއްމަސް ދުވަހުގެ ޗުއްޓީއެއް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އަދި މިވައުދު ފުއްދުމުގެ ގޮތުން މިދިޔަ އަހަރުގެ މަރޗްމަހުން ފެށިގެން ސަރުކާރުން ގެންދަނީ މިޗުއްޓީ ހަމަޖައްސައިދެމުންނެވެ.

ޖޭއެސްސީން ބުނެފައިވަނީ އާދިއްތަ ދުވަހު ބައްދަލުވުމުގަައި ގިނަ އަދަދަކަށް މައްސަލަ ލަސްވާކަމުގެ ޝަކުވާ ކޮމިޝަނަށް ލިބެމުންދާތީ، ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައްއަވަސް ކުރުމަށްޓަކައި، 01 އަހަރު ދުވަހަށްވުރެ ގިނަ މުއްދަތަށް ޝަރީޢަތުގެ އަޑުއެހުން ބޭއްވިފައިނުވާ މައްސަލަތައްދެނެގަތުމަށް ވަނީ ނިންމާފަ އެވެ.

އަދި އެމައްސަލަތަކާއި އަދަދުތައް އަދި ތަފްޞީލް ހޯދުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ދެންނެވުމަށްވެސް ވަނީ ނިންމާފަ އެވެ.

- ކޮމެންޓް