Advertisement
ކ. މާލެ
|
24 މާރޗް 2017 | ހުކުރު 02:43
މަޖިލީހުގެ ރައީސް މަސީހު
މަޖިލީހުގެ ރައީސް މަސީހު
މުހައްމަދު ޝަރުހާން
މަސީހުގެ އިތުބާރުގެ މައްސަލަ
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ: ބަހުސަށް ދޮޅު ގަޑިއިރު، ޖަވާބުދާރީވުމަށް 30 މިނެޓް
ޖަލްސާ އޮންނާނީ ހޯމަ ދުވަހު
ފާސްކުރަން ބޭނުންވަނީ 42 މެމްބަރުންގެ ވޯޓް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، އެ މައްސަލަ ކުރިއަށް ގެންދާނެ ގޮތް އާންމު ކޮމިޓީން ކަނޑައަޅައިފި އެވެ.

މިރޭ ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުން ނިންމީ، ހޯމަ ދުވަހުގެ ޖަލްސާގައި އިތުބާރު ނެތްކަމުގެ މައްސަލައަށް ބަހުސްކުރަން ދޮޅު ގަޑިއިރު ދިނުމަށެވެ. އަދި މައްސަލައަށް ޖަވާބުދާރީވުމަށް މަޖިލީހުގެ ރައީސް މަސީހަށް ޖުމުލަ 30 މިނެޓް ދިނުމަށެވެ.

ޕީޕީއެމް އާއި އެމްޑީއޭ ފިޔަވައި އެހެން ހުރިހާ ޕާޓީއެއްގެ ތާއީދާ އެކު، މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދާފައިވާއިރު، އެ މައްސަލަ ކާމިޔާބުވާނެ ކަމަށާއި، "އެއީ މިހާރު ނިމިފައި އޮތް ކަމެއް" ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވާއިރު، ޕީޕީއެމްއިން ބުނަމުންދަނީ އެ ވޯޓް ކާމިޔާބު ނުވާނެ ކަމަށެވެ.

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނު ވިދާޅުވެފައި ވަނީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްކުރަން ބޭނުންވަނީ 42 މެމްބަރުންގެ ވޯޓް ކަމަށާއި އެ އަދަދަށް ވޯޓް ހަމަވެފައިވާ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް