Advertisement
ކ. މާލެ
|
2 ފެބްރުއަރީ 2020 | އާދީއްތަ 17:09
ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާން
ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާން
ޓްވިޓަރ
ދަރުމަވެރިޔާ ހިޝާން
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެމްބެސެޑަރ ކަމުން ހިޝާން ދުރުކޮށްފި
އޮނަރަރީ މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކަކީ ނަޒާޙާތްތެރި ބަޔަކަށް ވާން ޖެހޭ
އާންމު ރައްޔިތުންގެ އިތުބާރު އޮންނަ ފަރާތްތަކަކަށް ވާންޖެހޭ
އޭނާއަށް އެ ލަޤަބު ދީފައިވަނީ ރިވެލި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި

ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން އަހުމަދު ހިޝާންއަށް އަރުވާފައިވާ "އޮނަރަރީ ޑިސްއެބިލިޓީ އެމްބެސެޑަރ" ކަމުން އޭނާ ދުރުކޮށްފިއެވެ.

Advertisement

ފުލުހުން ބަލަމުންދާ މައްސަލައަކާއި ހިޝާންގެ ޕާސްޕޯޓްވެސް ހިފަހައްޓާފައިވާއިރު, އެކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އޮނަރަރީ މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކަކީ ނަޒާޙާތްތެރި އަދި އާންމު ރައްޔިތުންގެ އިތުބާރު އޮންނަ ފަރާތްތަކަކަށް ވާން ޖެހޭނެ ކަމަށެވެ.

ނަމަވެސް ހިޝާންއާއި ގުޅުންހުރި މައްސަލަތަކެއް ބަލަމުންދާ ކަމުގެ މައުލޫމާތު ފުލުހުންގެ ފަރާތުން ޖެންޑަރ މިނިސްޓްރީއަށް ލިބިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

އެކަމާ ގުޅިގެން ބައިނަލްއަޤުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވި ރިވެލި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި އޭނާއަށް ދީފައިވާ މަޤާމުން ދުރުކޮށްފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހާއްސައެހީއަށް ބޭނުންވާ ކުދިންގެ ހައްގުތައް ކަށަވަރުކުރުމަށް އެތައް މަސައްކަތްތަކެއް ކޮށްފައިވާ ހިޝާންގެ މައްޗަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތާއި ނުފޫޒު ފޯރުވިކަމުގެ ތުހުމަތުތަކެއް ސޯޝަލް މީޑިއާގައި ވަނީ ފެންމަތިވެފައެވެ. އަދި ޖެނުއަރީ 31 ވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަން އުޅެނިކޮށް ހިޝާން ހިފަހައްޓާފައިވާކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ސުވާލުކުރުމަށް ހިޝާން ވަނީ ފުލުހުންގެ އިދާރާއަށް މީގެކުރިން ހާޒިރުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް