Advertisement
ކ. މާލެ
|
2 ފެބްރުއަރީ 2020 | އާދީއްތަ 17:12
ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ ކާފައާއި މުނިކާފަ
ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ ކާފައާއި މުނިކާފަ
ޓްވިޓަރ
ގއ ކަނޑުހުޅުދޫ
ކަނޑުހުޅުދޫއިން ހައްޔަރުކުރި ކާފައާއި މުނިކާފަގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
އެދެމީހުންގެ ބަންދުގެ މުއްދަތު ވަނީ 15 ދުވަސް ޖަހާފައި
މުނިކާފަ ހައްޔަރު ކުރީ އޭނާ އަކީ ޖިންސީ ފުރައްސާރަކުރުމުގެ ރިކޯޑު އޮންނަ މީހަކަށްވާތީ
އެ ކުއްޖާގެ ބައްޕަ ވެސް ވަނީ އިހުމާލުވި ކަމަށް ކުރެވޭ ތުހުމަތުގައި ހައްޔަރުކޮށްފަ

އާއިލާގެ ޒިންމާދާރު މަގާމުތަކުގައި ތިބެ، ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރި މައްސަލާގައި ގއ.ކަނޑުހުޅުދޫއިން ހައްޔަރުކުރި ކާފަ އާއި މުނިކާފަގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

މި މައްސަލައިގައި ކުޑަކުއްޖަކާމެދު ބަދުއަޚުލާޤީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ގއ ކަނޑުހުޅުދޫ އަންނާރުމާގޭ ޙަސަން މޫސާ ދީދީ (82 އަހަރު) އާއި، އެރަށު ރިހިވެލި އިބްރާޙިމް ދީދީ (62 އަހަރު) އެވެ.

އެގޮތުން މި މައްސަލައިގައި ހިމެނޭ ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވެނީ އޭނާގެ ބައްޕަ ފަރާތު ކާފަ ގެ މައްޗަށެވެ. އަދި ކުއްޖާގެ މުނިކާފަ ހައްޔަރު ކުރީ އޭނާ އަކީ ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރުމުގެ ރިކޯޑު އޮންނަ މީހަކަށްވާތީއެވެ.

ކްރިމިނަލް ކޯޓުން ބުނީ، މި ދެމީހުންގެ ބަންދުގެ މުއްދަތު އިތުުރުކޮށްފައިވަނީ ދެމީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ކުށާއި ގުޅިގެން އެކަށީގެންވާ ސަބަބުތައް ހުރުމާއެކު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ދަށުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

Advertisement

އެގޮތުން ދެމީހުންގެ ބަންދަށްވެސް 15 ދުވަސް ޖަހާފައިވާއިރު، އެކުއްޖާގެ މުނިކާފަގެ އިތުރުން، ކާފައަކީ ވެސް މީގެކުރިން، ކުޑަކުއްޖަކަށް ޖިންސީ އަނިޔާ ކުރިކަމުގެ ތުހުމަތާއި ގުޅިގެން، ތަހުގީގު ފުރިހަމަކޮށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ދައުވާ ކުރަން ފޮނުވާފައިވާ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް އެމައްސަލަވެސް، ކުރިއަށް ނުގޮސް، ރަށު ތެރޭގައި އެ ދެ މީހުންވެސް އުޅެމުންގޮސް، އަމިއްލަ ކާފަ ދަރިފުޅަށް ޖިންސީ އަނިޔާދިން މައްސަލަ ފެންމަތިވުމާއެކު އާންމުންގެ ގިނަ ބަޔަކު ވަނީ އެކަމުގެ ނުރުހުން ފާޅުކޮށް އަޑުއުފުލާފައެވެ.

ތުއްތު ކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަ ފެންމަތިވެފައިވާއިރު، އެ ކުއްޖާގެ ބައްޕަ ވެސް ވަނީ އޭނާއާމެދު އިހުމާލުވި ކަމަށް ކުރެވޭ ތުހުމަތުގައި ހައްޔަރުކޮށްފައެވެ. އެގޮތުން ފުލުހުންގެ ތަހުގީގަށް އޭނާގެ ފަރާތުން އެއްބާރުލުން ލިބެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް