ކ. މާލެ
|
2 ފެބްރުއަރީ 2020 | އާދީއްތަ 12:06
ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަނީ
ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަނީ
ރައީސް އޮފީސް
ރައްޔިތުންގެ މަޖިލިސް
މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ: ރިޔާސީ ބަޔާން އިއްވުން މާދަމާ
ރައީސް ޞާލިހުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވި ޖަލްސާ ބާއްވާފައިވަނީ ދަރުބާރު ގޭގައި
ރިޔާސީ ބަޔާން އިއްވާ ޖަލްސާ އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި
މަޖިލީހުގެ މި ދައުރުގައިވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވޭ

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ހޯމަ ދުވަހު އޮންނާއެވެ.

އެގޮތުން މިއަހަރުގެ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ވަނީ މަޖިލީހުގެ ޖަލްސާތައް ފަށާ ގަޑި ކަމަށްވާ އެދުވަހުގެ ހެނދުނު 09:00 ގައި، ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައެވެ. އެގޮތުން ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މިއީ ރައީސް ޞާލިހުގެ ދެވަނަ ރިޔާސީ ބަޔާނެވެ.

ރައީސް ޞާލިހުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާ ބާއްވާފައިވަނީ ދަރުބާރު ގޭގައެވެ. ރިޔާސީ ބަޔާން އިއްވާ ޖަލްސާ މަޖިލީހުގެ އިދާރާއިން ބޭރުގައި ބާއްވަން ފެއްޓެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

ގައުމުގެ ހާލަތު ‏‏ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ‏‏ހިމެނޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވެވުމަކީ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ އަށް ލާޒިމްކުރާ ކަމެކެވެ. އެގޮތުން ރިޔާސީ ބަޔާނުގައި އާންމު ގޮތެއްގައި ގައުމުގެ ހާލަތު ބަޔާންކޮށްދޭއިރު، ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭކަަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާނެއެވެ.

- ކޮމެންޓް