ކ. މާލެ
|
2 ފެބްރުއަރީ 2020 | އާދީއްތަ 10:17
މާޒިޔާ ޓީމާ ވަޒީރު ބައްދަލުކުރައްވަނީ
މާޒިޔާ ޓީމާ ވަޒީރު ބައްދަލުކުރައްވަނީ
މާޒިޔާ ސްޕޯރޓްސް ކްލަބް
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
އަބަހާނީއާ ދެކޮޅަށް ކުޅޭ މެޗަށް މާޒިޔާ ބަންގާޅަށް ފުރައިފި
ފުރަތަމަ ލެގުގެ މެޗު ކުޅޭނީ މިމަހުގެ ފަސްވަނަ ދުވަހު ޑާކާގައި
ބަންގާޅަށް ފުރުމުގެ ކުރިން ކުޅިވަރާ ބެހޭ ވަޒީރު ވަނީ މާޒިޔާއާ ބައްދަލުކުރައްވާފައި

އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ބަންގްލަދޭޝް ޕްރިމިއާ ލީގުގެ ރަނަރަޕް އަބަހާނީ ލިމިޓެޑް ޑާކާއާ ވާދަކުރުމަށް ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ފުރައިފި އެވެ.

މާޒިޔާ ޓީމު ބަންގާޅަށް ބުރާފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ފުރުމުގެ ކުރިން ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވަނީ މާޒިޔާއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ ޗަމްޕާ ސެންޓްރަލް ހޮޓެލް ގައެވެ.

މި މަހުގެ ފަސްވަނަ ދުވަހު ޑާކާގައި ކުޅޭ މެޗަށް މާޒިޔާ ފުރިއިރު ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 12 ވަނަ ދުވަހު މާލޭގައެވެ. މި ދެ ލެގުން ކުރި ލިބިއްޖެ ނަމަ މާޒިޔާ އަށް ޕްލޭއޮފުން ފުރުސަތު ލިބޭނެ އެވެ. ޕްލޭއޮފުގައި މާޒިޔާ ވާދަކުރަން ޖެހުމުގެ ފުރުސަތު ބޮޑީ އިންޑިއަން ސުޕަ ލީގުގެ ޗެމްޕިއަން ބެންގަލޫރު އެފްސީއާ އެވެ.

އަދި ޕްލޭއޮފުން ކުރި ހޯދައި މާޒިޔާ ގްރޫޕް ސްޓޭޖަށް ހޮވިއްޖެނަމަ ވާދަކުރަން ޖެހޭނީ ގްރޫޕް އީ ގައެވެ. އެ ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބުގެ އިތުރުން އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ޗެންނާއީ ސިޓީ އާއި ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއާ އެވެ.

މިފަހަރުގެ އޭއެފްސީ ކަޕަށް މާޒިޔާއިން ވަނީ ވަރުގަދަ ސްކޮޑެއް އެކުލަވާލާފައެވެ. އެގޮތުން ޖެނުއަރީ މަހު އެޓީމުން ވަނީ ބިދޭސީ ދެ ޑިފެންޑަރުން ގެނެސްފައެވެ. އެއީ ސާބިއާގެ ފުރަތަމަ ޑިވިޝަނުގައި ކުރިން ކުޅެފައިވާ ޑިފެންޑަރެއް ކަމަށްވާ ޕީޓާ ޕްލެނިޗް އާއި އަފްޣާނިސްތާން ގައުމީ ޓީމުގެ ޑިފެންޑަރު ޝާރިފް މުހައްމަދެވެ. އެ ޓީމުގައި މި ވަގުތު އަފްގާނިސްތާން ގައުމީ ޓީމުގެ ގޯލްކީޕަރު އޮވޭސް އަޒީޒީގެ އިތުރުން ސެއިން ވިންސެންޓް ގައުމީ ޓީމުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ވެސް ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް