Advertisement
ކ. މާލެ
|
1 ފެބްރުއަރީ 2020 | ހޮނިހިރު 23:39
އެންޭސީއޯ އެކަޑަމީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެންޭސީއޯ އެކަޑަމީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެމްއެންޑީއެފް
އެމްއެންޑީއެފް
އެންސީއޯ އެކަޑަމީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި
ރަސްމިއްޔާތުގައި ވަނީ އެކަޑަމީގައި އަލަށް ފަރުމާކޮށްފައިވާ ކޯސް "ސްޓާފް އެންސީއޯ ކޯސް" ތަޢާރަފުކޮށްފައި
ރަސްމިއްޔާތުގައި ވަނީ އެންސީއޯ އެކެޑެމީގެ ވޯލް އޮފް އޮނަރ އަލުން ހުޅުވާފައި
ސީނިއަރ އެންލިސްޓެޑް ޖޮއިންޓް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްވެސް ވަނީ ރަސްމިއްޔާތުގައި ތައާރަފްކޮށްފައި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ނޮން ކަމިޝަންޑް އޮފިސަރސް އެކެޑެމީ (އެންސީއޯ އެކެޑެމީ) ގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ.

އެންސީއޯ އެކަޑަމީއަށް 10 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ހޮނިހިރު ދުވަހު ކ.ގިރިފުށީގައި ޖަމާޢަތުގައި ފަތިސް ނަމާދު ކޮށް އެކަޑަމީގައި ވަނީ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެންސީއޯ އެކަޑަމީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ބައިވެރިންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ އެންސީއޯ އެކެޑެމީގެ ވޯލް އޮފް އޮނަރ ރީއޯޕެންކޮށްދެއްވުމުގެ އިތުރުން ސީނިއަރ އެންލިސްޓެޑް ޖޮއިންޓް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ތަޢާރަފުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި އެ އެކަޑަމީގައި އަލަށް ފަރުމާކޮށްފައިވާ ކޯސް "ސްޓާފް އެންސީއޯ ކޯސް" ތަޢާރަފުކޮށްދެއްވައި އެންލިސްޓެޑް ޕްރޮފެޝަނަލް މިލިޓަރީ އެޑިޔުކޭޝަން ޑިސްޓެންސް ލަރނިންގ ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ. އަދި އެ އެކެޑެމީގެ 10 އަހަރު ދުވަހުގެ ޚިދުމަތުގެ މައްޗަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ ރިޕޯޓެއް މި ރަސްމިއްޔާތުގައި ވަނީ ހުށަހަޅާފައެވެ.

Advertisement

ކ.ގިރިފުށީގައި ހުންނަ ނޮން ކަމިޝަންޑް އޮފިސަރ އެކެޑެމީ (އެންސީއޯ އެކަޑަމީ) އަކީ އެމްއެންޑީއެފްގެ ނޮން ކޮމިޝަންޑް އޮފިސަރުންގެ ޢިލްމީ ޤާބިލުކަން އިތުރުކޮށް ރޭންކް ޓްރޭނިންގތައް ދިނުމަށް ކ.ގިރިފުށީގައި 2010 ފެބްރުއަރީ 1 ވަނަ ދުވަހު ހުޅުވުނު އެކަޑަމީއެކެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި ޖެނެރަލް އޮފިސަރުންނާއި ޔުނިޓްތަކުގެ ކޮމާންޑަރުންނާއި ވޮރަންޓް އޮފިސަރުންނާއި ސާޖަންޓް މޭޖަރުންނާއި އެ އެކަޑަމީިގެ މިހާރު ކުރިއަށްދާ ބައެއް ކޯސްތަކުގެ މުދައްރިބުންނާއި ދަރިވަރުން ވެސް ބައިވެރިވެލެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް