Advertisement
ކ. މާލެ
|
1 ފެބްރުއަރީ 2020 | ހޮނިހިރު 13:17
ރައީސް ސޯލިހު ކޮމަންވެލްތްގެ އެސްޖީއާ ފޯނުން ވާހަކަފުޅު ދައްކަވަނީ
ރައީސް ސޯލިހު ކޮމަންވެލްތްގެ އެސްޖީއާ ފޯނުން ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
ކޮމަންވެލްތ
ރާއްޖެ އަލުން ކޮމަންވެލްތުގެ މެމްބަރަކަށް
ކޮމަންވެލްތުން ވަކިވީ 2016 ވަނަ އަހަރު
މެމްބަރަކަށް އަލުންވުމަށް ހުށަހެޅީ 2018 ވަނަ އަހަރު
ބައިނަލްއަގްވާމީ މަސްރަހުގައި ލިބުނު ކާމިޔާބީއެއް: ރައީސް

ދިވެހިރާއްޖެ އަލުން ކޮމަންވެލްތްގެ މެމްބަރެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

ކޮމަންވެލްތުގެ ހުރިހާ ގައުމެއްގެ ފުރިހަމަ ތާޢީދާއެކު ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅިއްޖެކަން އިއުލާން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

ފޯނުން ގުޅުއްވައި، ރައީސް އަށް އެ ހަބަރު ދެއްވާފައިވަނީ ކޮމަންވެލްތްގެ ސެކެރެޓަރީ ޖެނެރަލް ޕެޓްރީޝީއާ ސްކޮޓްލޭންޑް ކަމަށް ރައީސް ސޯލިހު ވަނީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ، ރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުމަކީ ދިވެހި ރައްޔިތުންނަށް ބައިނަލްއަގްވާމީ މަސްރަހުގައި ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

Advertisement

ދިވެހިރާއްޖެއިން ކޮމަންވެލްތުގައި ފުރަތަމަ ބައިވެރިވެފައިވަނީ 9 ޖުލައި 1982 ގައެވެ. އަދި ކޮމަންވެލްތުން ވަކިވެފައިވަނީ 13 އޮކްޓޫބަރު 2016 ގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުގައެވެ. ކޮމަންވެލްތުން ވަކިވާން ރައީސް ޔާމީނުގެ ސަރުކާރުގައި ނިންމާފައިވަނީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ކޮމަންވެލްތުންކަމަށް ބުނެއެވެ.

ދިވެހިރާއްޖެއިން ކޮމަންވެލްތުގެ މެމްބަރަކަށް އަލުންވުމަށް ހުށަހެޅީ 2018 ޑިސެމްބަރު 6 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް