Advertisement
ކ. މާލެ
|
1 ފެބްރުއަރީ 2020 | ހޮނިހިރު 12:07
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ދާނިޝް ނިޡާމް
ކޮރޯނާ ވައިރަސް
އަރިދަފުސް ރޯގާ ޖެހިފައިވާ ކޮންމެ މިހަކީ ކޮރޯނާވައިރަސް ޖެހިފައިވާ މީހެއް ނޫން: ޑރ މުހައްމަދު އަލީ
ކޮންމެ ރޯގާއަކީ ކޮރޯނާ ވައިރަސްއެއް ނޫން
ބަލި މުޅި ދުނިޔޭގައި ދަނީ ފެތުރެމުން
މި ވައިރަސްގެ ސަބަބުން ޗައިނާއިން ރާއްޖެއަށް ދަތުރުކުރާ ސީދާ ފްލައިޓުތައް ވަގުތީ ގޮތުން ވަނީ ހުއްޓާލާފަ

އަރިދަފުސް ރޯގާ ޖެހިފައިވަ ކޮންމެ މިހަކި ނޮވެލް ކޮރޯނާވައިރަސް ޖެހިފައިވާ މީހެއް ނޫންކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ އެތެރަހަށީގެ ޑޮކްޓަރ މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

Advertisement

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަހަށް ރާއްޖެއިން ތައްޔާރުވެފައި އޮތް މިންވަރު ހާމަކުރުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަހާކަ ދައްކަވަމުން ޑޮކްޓަރ ވިދާޅުވީ، ކޮރޯނާވައިރަސްގައި ފެންނަ އަލާމާތްތަކަކީ އަދައިގެ ރޯގާއެއްގައި ފެންނަ އަލާމާތްތަކެއްކަމަށާއި ބަލިން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ވަރަށް ލުއި ކަންތައްތަކެއް އެބަހުރިކަމަށެވެ. ޑޮކްޓަރ ވިދާޅުވީ، ރޯގާއެއް ޖެހިފައިވާ ކޮންމެ މީހަކީ ކޮރޯނާވައިރަސްގެ ބަލި ޖެހިފައިވާ މީހެއް ނޫންކަމަށާއި، ވައިރަސް އަށް ޝައްކު ކުރެވޭ މީހެއްގެ ގޮތުގައި ބެލެވޭނީ ޗައިނާއަށް ދަތުރުކޮށްފައިވާ މީހެއްކަމަށެވެ.

މިހާރަކަށް އައިސް ވަރަށް ގިަނއިން އަޅުގަނޑުމެންނަށް ހީވޭ ކޮންމެ ރޯގާއަކީީވެސް ކޮރޯނާވައިރަސް އޭ. ނޮވެލް ކޮރޯނާވައިރަސްގެ ސަބަބުންނޭ މި އަލާމާތްތައް މި ފެންނަނީ. އެކަމަކު ކޭސްއެއް ސަސްޕެކްޓް ކުރަމަށް އެންމެ މުހިންމު ކަމަކަމަށް ބެލެވޭނީ ޗައިނާއަށް ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ދަތުރުކޮށްފައި ހުރުން. އެ ކްރައިޓީރިއާއަށް ނުފެތެންޏާ ސަސްޕެކްޓެއް ނުވެސްކުރެވޭނެ.
ޑރ މުހައްމަދު އަލީ

ޑރ ވިދާޅުވީ ރޯގާއެއް ޖެހި ކެއްސަން ފެށުމުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ޓިޝޫ ފަދަ ތަކެތި ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ. އެ ބޭނުންކުރާ ޓިޝޫއެއް ވަގުތުން އެއްލާލުމަށް ނުވަތަ "ޑިސްޕޯސްކުރުމަށް"ވެސް ޑޮކްޓަރ ވަނީ އިލްތިމާސްކޮށްފައެވެ. ޑރ ވިދާޅުވީ މިގޮތަށް އަމަލު ބެހެއްޓުމަށްފަހު އާދައިގެ ސައިބޯނިން އަތް ދޮވެލުމުންވެސް ވައިރަސް އިން ރައްކާތެރިވާނެކަމަށެވެ.

ރާއްޖެއިން ކޮރޯނާވައިރަސްއަށް ޝައްކުކުރެވޭ މީހަކު ފެނިފައިވާއިރު، މި ވައިރަސްގެ ސަބަބުން ޗައިނާއިން ރާއްޖެއަށް ދަތުރުކުރާ ސީދާ ފްލައިޓުތައް ވަގުތީ ގޮތުން ވަނީ ހުއްޓާލާފައެވެ. އަދި ބޭރުގެ ޤައުމުތަކަށް ދަތުރުކުރާއިރު އެ ޤައުމެއްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރަޖިސްޓްރީވުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ވަނީ އިލްތިމާސްކޮށްފައެވެ.

ހުސްވި އަހަރުގެ ޑިސެންބަރު މަހުގެ ފަހުކޮޅު ޗައިނާގެ ވޫހަން ސިޓީން ފެނުނު ކޮރޯނާވައިރަސް ދުނިޔޭގެ އެކި ޞަރަޙައްދުގައި ފެތުރެމުންދާއިރު، އެ ބަލި އިތުރަށް ފެތުރިދާނެތީ ދުނިޔޭގެ އެކި ޤައުމުތަކުން ދަނީ އެކަމަށް ތައްޔާރުވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް