Advertisement
ކ. މާލެ
|
1 ފެބްރުއަރީ 2020 | ހޮނިހިރު 09:17
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ރާއްޖެއެމްވީ
ކްރިމިނަލް ކޯޓް
ފޮނަދޫގައި ކަރު ބުރިކޮށްލައިގެން މަރާލި ބިދޭސީ މީހާގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ
7 މީހުންގެ މައްޗަށް އުފުލާފައިވަނީ ޤަސްތުގައި މީހަކު މަރާލުމުގައި ބައިވެރި ވުމުގެ ކުށުގެ ދައުވާ
އަބޫ ކަލަމްގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ
މި 8 މީހުންނަކީވެސް ބަންގްލަދޭޝްއަށް ނިސްބަތްވާ 8 މީހުން

2017 ވަނަ އަހަރުގެ މާރޗު މަހު ލ. ފޮނަދޫގައި މަރާލާފައިވާ ބިދޭސީ މީހާގެ މަރުގެ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

މި މައްސަލައިގައި 8 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، މައްސަލައިގައި ހިމެނޭ އަބޫ ކަލަމްގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ދެން ތިބި 7 މީހުންގެ މައްޗަށް އުފުލާފައިވަނީ ޤަސްތުގައި މީހަކު މަރާލުމުގައި ބައިވެރި ވުމުގެ ކުށުގެ ދައުވާއެވެ.

މި 8 މީހުންނަކީވެސް ބަންގްލަދޭޝްއަށް ނިޞްބަތްވާ 8 މީހުންނެވެ.

Advertisement

އޭނާއަށް އިސްވެ ޙަމަލާދިނީ އަބޫ ކަލަމް ކަމަށް ދައުލަތުން މީގެ ކުރީގެ އަޑުއެހުންތަކުގައި ފާހަގަކޮށްފައިވާއިރު، އޭނާ މަރާލާފައިވަނީ ކަރަށް ވަޅިން ޙަމަލާދީ ކަރު ބުރިކޮށްލައިގެން ކަމަށްވެސް ދައުލަތުން ބުނެފައިވެއެވެ.

މި މައްސަލައިގެ އަޑުއެހުން އާދިއްދަ ދުވަހުގެ މެންދުރު 11:30 އަށް ތާވަލު ކޮށްފައިވާއިރު، މުޙައްމަދު އަސަން އުއްލާ ނަމަކަށް ކިޔާ ބަންގުލަދޭޝް މީހާ މަރާލާފައިވަނީ 2017 ވަނަ އަހަރުގެ މާރޗު މަހުގެ 26 ވަނަ ދުވަހުގެ ރޭގައެވެ.

ފޮނަދޫގައި އޭނާ މަރާލާފައި އޮއްވާ ފެނިފައި ވަނީ 2017 ވަނަ އަހަރުގެ މާރޗް މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:45 ހާއިރު ފޮނަދޫ ގޮނޑުދޮށުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް