Advertisement
ކ. މާލެ
|
1 ފެބްރުއަރީ 2020 | ހޮނިހިރު 01:43
ޕްރައިމަރީ ވޯޓުލުން
ޕްރައިމަރީ ވޯޓުލުން
ޔޫސުފް ސޮފްވާން ރަޝީދު
އެމްޑީޕީ ޕްރައިމަރީ
ވަގުތީ ނަތީޖާ: ޕްރައިމަރީގައި ހުރިހާ ސިޓީތަކެއްގެ މޭޔަރުން ކަޓައިފި
އެމްޑީޕީ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާގޮތުން މާލެ ސިޓީ މޭޔަރުކަން ކާމިޔަބުކުރެއްވީ އަނަސް
އެމްޑީޕީ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާގޮތުން އައްޑޫ ސިޓީ މޭޔަރުކަން ކާމިޔަބުކުރެއްވީ ނިޒާރު
އެމްޑީޕީ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާގޮތުން ފުވައްމުލަށް ސިޓީ މޭޔަރުކަން ކާމިޔަބުކުރެއްވީ އިސްމާއިލް ރަފީޤް

އަންނަ އޭޕްރިލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީއިން ހުރިހާ ސިޓީތަކެއްގެ މޭޔަރުން ކަޓައިފިއެވެ.

ޕްރައިމަރީގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ވާދަކުރެއްވި މިހާރުގެވެސް މޭޔަރ ޝިފާ މުހައްމަދު ނާކާިޔާބާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއިރު، ވަގުތީ ނަތީޖާ ދައްކާގޮތުން ޕްރައިމަރީގައި މޭޔަރުކަން ކާމިޔާބުކުރެއްވީ އެމްޑީޕީގެ ސެކެރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ޕްރައިމަރީގައި ވާދަކުރެއްވި މިހާރުގެ މޭޔަރު އަބްދުﷲ ސޯދިޤް (ސޯބެ) އަށް ވަނީ އިންތިހާބުގައި ނާކާމިޔާބާއި ކުރިމަތިލައްވަން ޖެހިވަޑައިގެންފަ އެވެ. ޕްރައިމަރީގައި މޭޔަރުކަން ކާމިޔާބުކުރެއްވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރުކަން ކުރެއްވި އަލީ ނިޒާރު އެވެ.

Advertisement

ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާގޮތުން ފުވައްމުލަކު ސިޓީގެ މޭޔަރު އަބްދުﷲ ފަލާހު ވަނީ ޕްރައިމަރީން އިން ކަޓާފައެވެ.އަދި ފަލާހު ފަހަތަށް ޖައްސާލުމަށްފަހު މޭޔަރު ކަމަށް ވާދަކުރާ، އެމްޑީޕީގެ ޓިކެޓް ހޯއްދަވާފައިވަނީ އިސްމާއިލް ރަފީގެވެ.

އެމްޑީޕީގެ ފަރާތުން މިހާތަނަށް ވޯޓުގެ ނަތީޖާ އިއުލާންކޮށްފައެއް ނުވެ އެވެ.

އިތުރު ތަފްސީލް އަންނަނީ...

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް