Advertisement
ކ. މާލެ
|
31 ޖެނުއަރީ 2020 | ހުކުރު 22:47
ޕްރައިމަރީގައި ވޯޓުލުމަށް ގިނަ ބަޔަކު ކިއުގައި ޖެހިގެން
ޕްރައިމަރީގައި ވޯޓުލުމަށް ގިނަ ބަޔަކު ކިއުގައި ޖެހިގެން
ޔޫސުފް ސޮފްވާން ރަޝީދު
މިނިސްޓަރު މާރިޔާ
ވޯޓުލާން ނުކުތް މެމްބަރުންގެ އަދަދު ފެނިފައި އިދިކޮޅު މީހުންގެ މޭކަރާނެ: މިނިސްޓަރު މާރިޔާ
ލާމަރުކާޒީ ނިޒާމަކީ އެމްޑީޕީގެ އެއްޗެއް
ރައްޔިތުންނާއި ގާތުން ވެރިކަން ކުރަން ބޭނުންވީ އެމްޑީޕީ
ޕްރައިމެރީއިން ވެސް އެމްޑީޕީން އިންތިޚާބު ކާމިޔާބުކުރާނެކަން ކަށަވަރުވޭ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕްރައިމަރީއަށް ވޯޓުލާން ނުކުތް މެމްބަރުންގެ އަދަދު ފެނިފައި އިދިކޮޅު ފަރާތްތަކުގެ މޭކަރާނެ ކަމަށް ކުރީގެ އެމްޑީޕީގެ ޗެއަރޕާސަން އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުމަށްވަޑައިގަންނަވާ ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ ލާމަރުކާޒީ ނިޒާމަކީ އެމްޑީޕީގެ އެއްޗެއް ކަމަށާއި، ރައްޔިތުންނާއި ގާތުން ވެރިކަން ކުރަން ބޭނުންވެގެން ނިޒާމް ތަންފީޒު ކުރީ އެމްޑީޕީ ކަމަށެވެ.

Advertisement

މިނިސްޓަރު މާރިޔާ ވިދާޅުވީ މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީން ކާމިޔާބުކުރެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުމަށް ނުކުތް އާންމުންގެ ނިސްބަތަށް އަލިއަޅުއްވާލައްވާ މިނިސްޓަރު މާރިޔާ ވިދާޅުވީ ވޯޓުލުން ފެށުމާއެކު ހުރިހާ މަރުކަޒުތަކެއް ފުރިގެން ދިޔަ ކަމަށެވެ. ހަމައެކަނި މިއިންތިޚާބުން ވެސް އެމްޑީޕީއަށް ތާއިދު އޮތްވަރު ފެންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ޕްރައިމަރީއަށް ވޯޓުލުމަށް ނުކުތް މެމްބަރުންގެ އަދަދު ފެނިފައި އިދިކޮޅުޕާޓީގެ މެމްބަރުންގެ މޭކަރާނެ ކަމަށެވެ.

މިއަދު އަޅުގަނޑަށް ހަމަޔަގީން މިތިއްބެވި ހަމައެކަނި ޕްރައިމަރީއަށް ވޯޓުލުމަށް އެއްވަގުތެއްގައި އައިސް ތިބި މީހުން. ތިބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ. މީހުން ގިނައިން ހަވީރު ވީވަރަކަށް އަންނާނެ. އެކަމަކު ހުކުރުން ނިމިގެން މިތަން މިއޮތީ ހަމަ ފުރިފައި. އިދިކޮޅު ޕާޓީތައް މޭކަރާލާނެ އެނގޭތޯ. ހަމަ ޔަގީން. މިއީ މިދަންނަވާހެން ހަމައެކަނި ޕްރައިމަރީއަށް ނުކުތް މެމްބަރުން. ވިސްނާލައްވާ ދެން ތާއީދުކުރާ މެމްބާރުންނާއެކު އަދި ވޯޓަށް ދާއިރުގަ. އަޅުގަނޑަށް ހަމަފެނިގެންދަނީ ވަރަށް ކާމިޔާބު ލޯކަލް ކައުންސިލް އިންތިޚާބެއް.
ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ

މިނިސްޓަރު މާރިޔާ ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލާއެކު އަންހެނުންނަށް ބޮޑު ބާރުވެރިކަމެއްދެވިފައިވާ ކަމަށާއި، ގައުމެއްގެ 50 އިންސައްތަގެ ބަސް އިއްވަނީ އަންހެންނުން ކަމަށެވެ. އަދި މިފުރުސަތު ހޯދައިދިނީ ވެސް އެމްޑީޕީންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިއަދު އިރާދަކުރެއްވިއްޔާ ރައްޔިތުން އަޅުގަނޑުމެންނަށް މަޖިލީހުގެ ވެސް ހަމަ ފުލް ގާނޫނު އަސާސީގެ ބަދަލުކުރެވޭ ވަރުގެ މެޖޯރިޓީއެއް ދިނީ ހަގީގަތުގައި އަޅުގަނޑުމެން މިދައްކާ ވާހަކަތަކަށް ވަރަށް އިތުބާރުކޮށްފަ. ރައްޔިތުން ބޭނުންވަނީ އޯގާތެރި ހެޔޮވެރިކަމެއް. ޒީރޯޓޮލަރެންސް އޮން ކޮރަޕްޝަން މިގޮތަށް ކުރިއަށް ގެންދެވޭނީ ހަމަ އަޅުގަނޑުމެން މިދައްކާ ކަހަލަ އިހްލާސްތެރި ރައްޔިތުންނަށް ހިތްހެޔޮ އޯގާތެރި ސަރުކާރެއް ލިބިގެން. މިއިންތިޚާބު ވެސް އެމްޑީޕީއަށް ވަރަށް މުހިންމު.
ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ

މިނިސްޓަރު މާރިޔާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައްޔިތުން އަޅުވެތިކޮށްފައިވާ ކަމަށާއި، އަންހެނުންނަށް އެއްވެސް ކަހަލަ އިހުތިރާމެއްނެތްކަން ހާމަކޮށްދިން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް