އަންނަ ލޯކަލް ކައުންސިލްއިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ގއ. ރައްޔިތުން ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުންތަކެއް ހިނގައި އެ ދާއިރާގެ ޕްރައިމަރީ ބާތިލްކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި އެ ދާއިރާގައި އަލުން ވޯޓުލުން ބާއްވާ ގޮތަށް އެމްޑީޕީއިން ވަނީ ނިންމާފައެވެ.
ގއ. އަތޮޅުގެ ނުވަ ރަށުގެ ރައްޔިތުން ވޯޓުލާ ފޮށި ބަހައްޓާފައި ހުރީ ކަލާފާނު ސްކޫލްގަ އެވެ.
ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައިވެސް އާއްމުވެފައިވެއެވެ. އެނގިފައިވާގިތުގައި އެ މަރުކަޒުގައި އަޑުގަދަކޮށްފައިވަނީ އިދާރީ މޭޒުގައި ހުރި ކަރުދާސްތަކެއް މީހަކު އައިސް ވީދާލުމާ ގުޅިގެންނެވެ.