Advertisement
ކ. މާލެ
|
31 ޖެނުއަރީ 2020 | ހުކުރު 19:29
މޯލްޑިވްސް އިންޑިޕެންޑެންޓް
މޯލްޑިވްސް އިންޑިޕެންޑެންޓް
ރާއްޖެއެމްވީ
މޯލްޑިވްސް އިންޑެޕެންޑެންޓް
މިނިވަން ރޭޑިއޯ އާއި މޯލްޑިވްސް އިންޑިޕެންޑެންޓް ހުއްޓުމަކަށް
މޯލްޑިވްސް އިންޑިޕެންޑެންޓް ހިންގަމުން ކުރިން އައީ މިނިވަން ނޫހުގެ ނަމުގައި
މިނިވަން ރޭޑިއޯ ހިންގަމުން ގެންދިޔަ އިމާރާތް ދެ ހަފްތާ ތެރޭގައި ހުސްކުރުމަށް އިމާރާތުގެ ވެރިފަރާތުން ކުއްލިއަކަށް ވަނީ ނޯޓިސް ފޮނުވާފައި

ރާއްޖޭގެ ޚަބަރުތައް އިނގިރޭސިން ގެނެސްދޭ އަދި ރާއްޖެއިން ބޭރަށް ރާއްޖޭގެ ޚަބަރުތައް ފޯރުކޮށްދެމުން ގެންދާ މޯލްޑިވްސް އިންޑިޕެންޑެންޓް ހުއްޓާލައިފި އެވެ.

2004 ވަނަ އަހަރު މިނިވަން ނޫހުގެ ނަމުގައި ހިންގަމުން އައި މޯލްޑިވްސް އިންޑިޕެންޑެންޓަކީ ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ނޫހެކެވެ. އިންޑިޕެންޑެންޓް ހިންގުން ހުއްޓާލިކަން އިއުލާންކުރަމުން އެ ނޫހުން ބުނެފައިވަނީ ޖެނުއަރީމަހުގެ 31 ން ފެށިގެން އެނޫސް ހިންގުން ހުއްޓާލާފައިވާކަމަށެވެ.

Advertisement

ނޫހުން ރާއްޖޭގެ ހާލަތު ދިރާސާކޮށްގެން ގެނައުމަށް މަސައްކަތްކޮށްފައިވާނެ ކަމަށްވެސް އެނޫހުން ބުނެފައިވެ އެވެ. "މިވަގުތަށް އަލްވަދާއު" ކިޔަނީ ކަމަށް ބުނެ ބުނެފައިވަނީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގެ މުހިންމު ދައުރެއް އެ ނޫހުން އަދާކޮށްފައި ވާނެ ކަމަށެވެ. އެހެން ނަމަވެސް، ނޫސް ހިންގުން ހުއްޓާލަން ނިންމި ސަބަބެއް އެ ނޫހުން ހާމަކޮށްފައެއް ނުވެ އެވެ.

އެނޫހުން ވަނީ ނޫހުގެ ކިޔުންތެރިންނާއި އެ ނޫހުގައި މަސައްކަތްކުރި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ނޫސްވެރިންނަށް ޝުކުރު އަދާކޮށްފަ އެވެ.

މޯލްޑިވްސް އިންޑިޕެންޑެންޓް ނެރުން ހުއްޓާލިކަން އެނޫހުން އިއުލާންކޮށްފައިވާއިރު ގިނަ ބައެއްގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ މިނިވަން ރޭޑިއޯވެސް ވެސް ވަނީ ބްރޯޑްކާސްޓް ހުއްޓާލާފަ އެވެ.

އެ ރޭޑިއޯގައި މަސައްކަތް ކުރާ އައިޝަތު އާނިޔާ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވެފައި ވަނީ އެ ރޭޑިއޯ ހިންގަމުން ގެންދިޔަ އިމާރާތް ދެ ހަފްތާ ތެރޭގައި ހުސްކުރުމަށް އިމާރާތުގެ ވެރިފަރާތުން ކުއްލިއަކަށް ނޯޓިސް ފޮނުވާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ ރޭޑިއޯ ދެން ކުރިއަށް ގެންދެވިދާނެ ކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށް އާނިޔާ ވަނީ ވިދާޅުވެފަ އެވެ.

މިނިވަން ރޭޑިއޯ ހިންގަނީ ކޮންޓްރާސްޓް ޕްރައިވެޓް ލިމިޓެޑްއިންނެވެ. އާނިޔާ ވިދާޅުވެފައި ވަނީ އެ މައްސަލަތައް ހައްލު ކުރަން ކުންފުންޏާ ވާހަކަ ދައްކަމުން ދާ ކަމަށެވެ.

މިނިވަން ރޭޑިއޯ އާއި މޯލްޑިވްސް އިންޑިޕެންޑެންޓް ހުއްޓާލުމަށް ނިންމި ނިންމުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިޔާގައި ފާޅުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް