ކ. މާލެ
|
31 ޖެނުއަރީ 2020 | ހުކުރު 19:37
ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާން ސިޓީގައި ދިވެހި 9 މީހަކު ދިރިއުޅެމުންދޭ
ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާން ސިޓީގައި ދިވެހި 9 މީހަކު ދިރިއުޅެމުންދޭ
ފްރާންސް 24
ކޮރޯނާވައިރަސް
ޗައިނާގައި ހުރި ކޮންމެ ދިވެއްސަކަށް އެގައުމުން އެހީވާނެ: ޗައިނާ އެމްބެސެޑަރ
ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާން ސިޓީގައި ދިވެހި 9 މީހަކު ދިރިއުޅެމުންދޭ
ޗައިނާގައި ތިބި މީހުން ތިބީ ހެޔޮ ހާލުގައި: ސަފީރު

ޗައިނާގައި ހުރި ކޮންމެ ދިވެއްސަކަށް ޗައިނާއިން އެހީވާނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލީ ޖޮންގް ވިދާޅުވެއްޖެއެވެ.

ސަފީރު މިކަމާއި ގުޅޭގޮތުން ކުރެއްވި ޓުވީޓުގައި ވަނީ ދިވެހިރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާއާއި އެކު ޗައިނާގައި ތިބި ދިވެހިންނާއި މެދު މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ޗައިނާގައި ތިބި ހުރިހާ ދިވެހިންގެ ހާލު ރަނގަޅު ކަމަށެވެ.

ސަފީރު ވިދާޅުވީ ޗައިނާގައި ދިރިއުޅެމުންދާ އެހެން ގައުމުތަކުގެ ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް ޗައިނާ ސަރުކާރުން އަޅާފައިވާ ކަމަށެވެ. އަދި ޗައިނާގައި ހުރި ކޮންމެ ދިވެއްސަކަށް ޗައިނާއިން އެހީވާނެކަމަށެވެ.

ސަފީރު މިހެން ވިދާޅުވެފައިވާއިރު ކޮރޯނާވައިރަސް އެންމެ ގަދަޔަށް ފެތުރެމުންދާ ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާން ސިޓީގައި ތިބި ދިވެހިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާން ސިޓީގައި ދިވެހި 9 މީހަކު ދިރިއުޅެމުންދެއެވެ.

ޗައިނާ ވޫހާން ސިޓީއަށް ވަދެ ނިކުމެ އުޅުން މަނާކޮށްފައިވާއިރު، އެތާނގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގައި ގޮންޖެހުންތައް ކުރިމަތިވިނަމަވެސް، އެމީހުން ވީއެންމެ އަވަހަކަށް ރާއްޖެ ގެނެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް