Advertisement
ކ. މާލެ
|
31 ޖެނުއަރީ 2020 | ހުކުރު 19:28
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ޔޫސުފް ސޮފްވާން ރަޝީދު
ރައީސް ސޯލިހު
ވައުދުތައް ފުއްދަން މެޖޯރިޓީ އެމްޑީޕީއަށް ދޭންޖެހޭ: ރައީސް ސޯލިހު
ރައްޔިތުންނަށް ވަނީ ބޮޑެތި ވައުދުތަކެއް ވެފައި
ލާމަރުކަޒީ ނިޒާމު ރާއްޖެ ހިންގަން ބޭނުންވޭ
އެމްޑީޕީ މެމްބަރުންނަށް ބަސް ބުނުމުގެ ފުރުސަތު އޮންނާނެ

އަޅުގަނޑުވީ ވައުދުތައް ފުއްދުމަށްޓައި ލޯކަލް ކައުންސިލްގެ އިންތިޚާބުގެ މެޖޯރިޓީ, ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ރައްޔިތުން ހޯދަދޭންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ކުރިއަށް ގެންދާ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުމަށް އިސްކަންދަރު ސްކޫލަށް ވަޑައިގަންނަވާ ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބު އެމްޑީޕީން ކާމިޔާބު ކުރީ ދައުދުތަކެއް ވެގެން ކަމަށެވެ. އެވައުދުތަކުގެ ތެރޭގައި އެންމެ މުހިންމު އެއް ވައުދަކީ ލާމަރުކަޒީ ނިޒާމުން ރާއްޖެ ހިންގުމަށް ކުރި ތާއީދު ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

Advertisement

ރައީސް ސޯލިހު ވިދާޅުވީ ލާމަރުކަޒީ ނިޒާމުގެ ބޭނުން އޭގެ ފުރިހަމަ ގޮތުގައި ހިފުމަށް އެމްޑީޕީ މެމްބަރުން އިންތިޚާބު ކާމިޔާބު ކުރަންޖެހޭ ކަމަށެވެ. އަދި މިސަރުކާރުގެ ވައުދުތައް ފުއްދުމަށްޓަކައި އެމްޑީޕީއަށް އޭޕްރީލް މަހުގެ 04 ވަނަ ދުވަހު ބޭއްވޭ ލޯކަލް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ދޭންޖެހޭ ކަމަށެވެ.

މިއީ އެނގިވަޑައިގަންނަވާނެ އެމްޑީޕީގެ ފިކުރެއް. މިކަން ދަންނަ މީހުން ތިބޭނެ އެމްޑީޕީގަ އަޅުގަނޑުވީ ވައުދުތައް ރައްޔިތުންނަށް ފުއްދުމަށްޓަކައި މިކަން ދަންނަ މިކަން އެނގޭ ބަޔަކަށް އަޅުގަނޑުމެން ބޭނުންވޭ. އެމީހުން ތިބީ އެމްޑީޕީގަ. އެހެންވީމަ އަޅުގަނޑަށް ގަބޫލުކުރެވެނީ ލޯކަލްކައުންސިލް އިންތިޚާބުގަ ރައްޔިތުން އެމްޑީޕީއަށް މެޖޯރިޓީ ހޯދަ ދޭން ބޭނުންވާ ސަބަބަކަށް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ދެމިއޮތުމުގެ ސިއްރަކީ ޕާޓީގެ މެމްބަރުންނަށް ބަސް ބުނުމުގެ ފުރުސަތު ދިނުމާއި، ޑިމަކްރަސީގެ ރީތި އުސޫލުން ކަންކަން ކުރިއަށް ގެންދިއުމުގެ ނަތީޖާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
9 ފެބްރުއަރީ 2020 | އާދީއްތަ 12:52
މުލިއާ
ރައީސް އަށް އޮޅިވަޑިގެން ތިއުޅުއްވަނީ...އިތުރު ދައުރެއް ބޭނުމިއްޔާ ޖެހޭނީ ވައުދުތައް ފުއްދަން.?
3 ފެބްރުއަރީ 2020 | ހޯމަ 08:35
ކުރުނީސް
ވައުދުތައް ވަނީ ޝަރުޠު ތަކެއް ވެފައެއް ނޫނެވެ. އެހެނަސް ވައުދު ފުއްދަން ވީމައި އެމްޑިޕީ މީހުންނަށް ހުރިހާ ކައުންސިލް ތަކަކާ މަޖްލީހާއި ނުވިތާކަށް ޖުޑީޝަރީވެސް ދެން ޖެހެއެވެ. އެމްޑީޕީ ބުނާ ޝަރުޠު ފުރުހަމަ ކޮށްދިނީމާވެސް ވަޢުދު ފުއްދޭތަނެއް ނުފެނެއެވެ. މިކަމުން އެނގެނީ އެމްޑީޕީ އަކީ ހަމައެކަނި ވެރިކަމާއި ޖާހާއި މުދާތަކެއް ބޭނުންވާ ބައެއް ކަމެވެ.
2 ފެބްރުއަރީ 2020 | އާދީއްތަ 22:31
ސީ
ސޯލީގެސަރުކާރަށް ރަތްޔިތުން މަޖިލިސްގެ މޮޖޯރިޓީދީ ފައެއޮތީ ދެެންރަތްޔިތުންކޮސް ހައްދަންނޫޅޭ ދެންތިކަމެއްނުވާނެ ސޯލީގެސަރުކާރަކީ އައްޗި ސަރުކާރެއް ރަތްޔިތުންނަށް ކޮއްދެވުނު ކަމެއްހަމަހަރާމް ސަރުކާރަށް ލިބޭހާލާރި ބަނޑުއަޅާލަނީތީ