Advertisement
ކ. މާލެ
|
31 ޖެނުއަރީ 2020 | ހުކުރު 13:15
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް
ޔޫސުފް ސޮފްވާން ރަޝީދު
ދިވެހިރާއްޖެ - ޗައިނާ
ޗައިނާއިން އަންނަ ފްލައިޓްތަކަކީ، ޗައިނާ ރައްޔިތުން ބަލާ އަންނަ ފްލައިޓްތަކެއް: ސަފީރު
ފްލައިޓްތައް ކެންސަލް ކޮށްފައިވަނީ ބުދަ ދުވަހު
ޗައިނާއިން އާއްމުކޮށް ގިނަ ފްލައިޓްތަކެއް ރާއްޖެ ދަތުރުކުރޭ

ޗައިނާއިން ރާއްޖެ އަންނަ ފްލައިޓްތަކަކީ، ރާއްޖޭގައި ތިބި އެ ޤައުމުގެ ފަތުރުވެރިން ބަލާ އަންނަ ފްލައިޓްތަކެއް ކަމަށާއި، އެ ފްލައިޓްތަކުގައި އެއްވެސް މީހަކު ރާއްޖެ ނާންނާނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލީ ޖޯންގް ވިދާޅުވެއްޖެއެވެ.

Advertisement

ޗައިނާގެ ވޫހަން ސިޓީން ފެނުނު ކޮރޯނާވައިރަސްގެ ސަބަބުން ރާއްޖެއާ ޗައިނާއާ ދެމެދު ސީދާ ދަތުރުތަށް ހުއްޓާލާފައިވާކަން ބުރާސްފަތި ދުވަހު ސަރުކާރުން ވަނީ އިއުލާން ކޮށްފައެވެ. އެކަމަކު ސަރުކާރުން އިއުލާންކުރި ފަހުންވެސް ޗައިނާގެ ބައެއް ފްލައިޓްތައް ރާއްޖެއަށް އަންނަ ޝެޑިއުލް ކޮށްފައިވާތީ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމާއި ޓްވިޓާގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަންގް ވިދާޅުވީ، މިހާރު އަންނަ ފްލައިޓްތަކަކީ ރާއްޖޭގައި ތިބި ޗައިނާގެ ރައްޔިތުން ބަލާ އަންނަ ފްލައިޓްތައް ކަމަށެވެ. ރާއްޖެއަކީ ޗައިނާގެ ފަތުރުވެރިން ވަރަށް ގިނައިން ޒިޔާރަތް ކޮށްއުޅޭ ގައުމެކެވެ.

ޗައިނާއިން ރާއްޖެ އަންނަ ފްލައިޓްތައް ކެންސަލް ކުރަން ނިންމީ، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ފްލައިޓްތައް ހުއްޓާލުމަށް ނިންމީ، ޓޫރިޒަމް ދާއިރާގެ ހުރިހާ ފަރާތްތަކާއި މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ. އަދި އެކަމުގައި ހުރިހާ ފަރާތްތަކަށް އެންމެ ފައިދާވާނެގޮތްތައް ބަލާފައިވާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް