Advertisement
ކ. މާލެ
|
31 ޖެނުއަރީ 2020 | ހުކުރު 13:03
ހުޅުމާލެ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއަރޕާރސަންގެ ނައިބް އިދާރީ ނިޔާޒް
ހުޅުމާލެ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއަރޕާރސަންގެ ނައިބް އިދާރީ ނިޔާޒް
ރާއްޖެއެމްވީ
ފަލަ ސުރުޚީ
ސިޔާސީ ކުރިމަގު ފެނިފައިވަނީ ޕްރައިމަރީން ބަލިވިނަމަވެސް، ނިންމުން ބަލައިގަންނަ މެންބަރުންނަށް: ނިޔާޒް
ޕާޓީ އާއި ދެކޮޅަށް މަސައްކަތް ކޮށްގެން ސިޔާސީ ހަޔާތަށްވި ފައިދާއެއް ނެތް ކަމަށް ވިދާޅުވި
ސިޔާސީ ކުރިމަގު ފެންނާނީ ޕްރައިމަރީން ބަލިވިނަމަވެސް ޕާޓީގެ މެންބަރުންގެ ނިންމުން ބަލައިގަނެގެން ކަމަށް ވިދާޅުވި
ޕާޓީއާއި ދެކޮޅަށް ނިކުމެ މަސައްކަތް ކުރުމުން ފަހުން އެމީހަކު ޕާޓީން ބަލައެއް ނުގަނޭ

ސިޔާސީ ކުރިމަގު ފެނިފައިވަނީ އިންތިޚާބުތަކުގައި ބާއްވާ ޕްރައިމަރީތަކުން ބަލިވިނަމަވެސް ޕާޓީގެ މެންބަރުންގެ ނިންމުން ބަލައިގެންފައިވާ މެންބަރުންނަށްކަމަށް ހުޅުމާލެ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއަރޕާރސަންގެ ނައިބް އިދާރީ އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަދައްކަމުން ނިޔާޒް ވިދާޅުވީ ޕްރއިމަރީގައި ބަލިވެގެން އެމްޑީޕީ އާ އިދިކޮޅަށް ނިކުމެ މަސައްކަތް ކުރި ފަރާތްތަކުން އެދޭފަދަ ގޮތަކަށް އެބޭފުޅުންގެ ސިޔާސީ ކަންކަން މިހާތަނަށް ގޮސްފައި ހުރި ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ފަހުގެ ތާރީޚެއްގައި ވަކިން ޚާއްސަކޮށް، އެމްޑީޕީގެ ޕްރައިމަރީގައި ފެއިލްވެގެން އަދި އެމްޑީޕީއާއި ދެކޮޅަށް ނިކުމެ މަސައްކަތް ކޮށްގެން ކާމިޔާބުވި ތަން ފެންނަން ނެތްކަން ފާހަގަކުރެއްވި އެވެ.

Advertisement

ނިޔާޒް ވިދާޅުވީ އެވަގުތެއްގައި މެންބަރަކު ހުރި ހިތްހަމަ ނުޖެހުމެއްގެ ސަބަބުން ޕާޓީއާއި ދެކޮޅަށް ނިކުމެދާނެ ކަމަށާއި ނަމަވެސް އޭގެ ސަބަބުން އޭނާގެ ސިޔާސީ ހަޔާތަށްވީ ފައިދާއެއް މިހާތަނަށް ފެންނަންނެތް ކަމަށެވެ. އަދި ކުރެވުނު ކަންކަމަށް ފަހުން މަޢާފަށްއެދި، އިތުރު އިންތިޚާބެއްގައި ވާދަ ކުރިނަމަވެސް ކާމިޔާބު ލިބިފައިނުވާކަންވެސް ނިޔާޒް ފާހަގަކުރެއްވި އެވެ.

ސިޔާސީ ކުރިމަގު ފެނިފައިވަނީ ޕްރައިމަރީން ބަލިވިނަމަވެސް ނަތީޖާ ގަބޫލުކޮށް ޕާޓީގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކޮށްގެންކަމަށް ނިޔާޒް ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހުން އެއީ ރަނގަޅަކަށްވީ ކަމެއް ކަމަށް ނުދެކޭ، ރައްޔިތުން ބަލައެއް ނުގަނޭ، އެމްޑީޕީން ބަލައެއް ނުގަނޭ، އެކަން އެގޮތަށް ކުރީމަކާ އޭނާ އެނބުރި ދެން އެތައް ދުވަހެއްފަހުން އެކުރެވުނު ކަންތައްތަކަށް މަޢާފަށް އެދިފައި އެއީ ރަނގަޅުކަމެއް ނޫން ކަމަށް ދެކިގެން މާޢާފަށް އެދިފައި އަނެއްކާ ދެން އިތުރު އިންތިޚާބުތަކުގައި ބައިވެރިވެގެން މާބޮޑު ކާމިޔާބުތަކެއް ލިބިފައި ހުރި ތަނެއްވެސް ނުފެނޭ، އެއްގޮތެއްގައި ތިބެގެން އަދި ބަލިވީމަވެސް ޕާޓީގެ މެންބަރުން އެއްގޮތެއްގައި ތިބެގެން އަދި ބަލިވީމާވެސް ޕާޓީގެ މެންބަރުން ނިންމި ނިންމުމާއި ދޭތެރޭގައި ބަލައިގަނެ އެކަމާއި އެއްގޮތަށް މަސައްކަތް ކުރި މީހުނަށް މުސްތަގްބަލުގައި ސިޔާސީ ގޮތުން ކުރިމަގު ލިބިފައި ހުރީ ޕާޓީތެރެއިން.
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
31 ޖެނުއަރީ 2020 | ހުކުރު 20:28
އަލިފް
އޮޅުވާލާ.ނަމަ.ހިތް ހަމަ.ނުޖެހޭނެ އެވެ.