Advertisement
ކ. މާލެ
|
31 ޖެނުއަރީ 2020 | ހުކުރު 13:06
އެމްޑީޕީން މީގެ ކުރިން ބޭއްވި ޕްރައިމަރީއެއްގެ ތެރެއިން
އެމްޑީޕީން މީގެ ކުރިން ބޭއްވި ޕްރައިމަރީއެއްގެ ތެރެއިން
މުހައްމަދު ޝަރުހާން
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ
އެމްޑީޕީގެ ޕްރައިމަރީ މިއަދު މެންދުރު
ވޯޓުލުން ކުރިޔަށް ދާނީ ދޭކުން ހަތަަކަށް
909 ކެނޑިޑޭޓުން ވާދަކުރޭ
ޑިމްކްރެސީގެ ރީތީ އުސޫލުތައް ދަމަހައްޓާ: ރައީސް ނަޝީދު

މި އަހަރުގެ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބައް، އެމްޑީޕީން ބާއްވަ ޕްރައިމަރީ މިއަދު 14:30 ފަށާގޮތަށް ހަމަޖައްސައިފިއެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޕްރައިމަރީގެ ވޯޓުލުން ކުރިޔަށްދާނީ 14:30 އިން 19:30 އެވެ. މި ފަހަރުގެ އެމްޑީޕީ ޕްރައިމަރީގައި 909 ކެނޑިޑޭޓުން ވާދަކުރާއިރު 169 ވޯޓު ފޮށި، މުޅި ރާއްޖޭގެ އެކި ހިސާބުގައި ބަހައްޓާނެ ކަަމަށް އެމްޑީޕީން ވަނީ ހާމަކޮށްފައެވެ. މާލޭގެ އަށްސަރަހައްދެއްގައި ވޯޓުފޮށި ބަހައްޓަން ވަނީ ހަމަޖެހިފައެވެ. ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު 90،000 އަށް ވުރެ ގިނަ މީހުންނަށް ލިބިގެންވެއެވެ.

Advertisement

އެމްޑީޕީގެ ޕްރައިމަރީއާއި ބެހޭ ގޮތުން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި އެމަނިކުފާނު ޕާޓީ ހުރިހާ މެމްބަރުންވެސް ޑިމޮކްރެސީގެ ރީތީ އުސޫލުތައް ދެމެހެއްޓުމަށް އެދިވަޑައިގެންފައެވެ.

އެމްޑީޕީގެ ޕްރައިމަރީ ފަށަން ކުޑަ ވަގުތުކޮޅަށް ވެފައިވާއިރު، އެ ޕާޓީން ވަނީ މި މަސްތެރޭގައި ކެމްޕޭނު ފަށާފާއެވެ. އެގޮތުން ޕާޓީން އެންމެ ފުރަތަމަ ދަތުރުކޮށްފައިވަނީ ތިލަދުންމައްޗަށެވެ. މި ފަހަރުގެ ކައުންސިލް އިންތިހާބުގައި އެމްޑީޕީ އަށް ބޮޑު ޢައުލަބިއްޔަތެއް ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ ރައްޔިތުން ގާތުގައި ތަކުރާރުކޮށް އެދިވަޑައިގަންނަވަމުންނެވެ. ކައުންސިލް އިންތިހާބު ބޮޑު ތަނުން އެމްޑީޕީ ކާމިޔާބު ކުރާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް