Advertisement
ކ. މާލެ
|
31 ޖެނުއަރީ 2020 | ހުކުރު 12:30
ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާއި ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ މައުލޫމާތު ދިނުން
ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާއި ގުޅިގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ މައުލޫމާތު ދިނުން
އެސްޓީއޯ
ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް
ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް ފާހަގަކުރުމަށް މިއަހަރުވެސް ގިނަ ހަރަކާތްތަކެއް!
ފެބްރުއަރީ 2 އިން 4 އަށް މި ހަރަކާތްތައް ކުރިއަށް ގެންދާނެ
ކެންސަރަށް ފަރުވާކުރާ މަޝްހޫރު ތަޖުރިބާކާރުން ބައިވެރިވެ ވަޑައިގަންނަވާނެ
ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހަކީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާއި ގުޅިގެން މިއަހަރުވެސް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ޢެސްޓީއޯއާއި އައިޖީއެމްއެޗް އަދި ކެންސަރ ސޮސައިޓީ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ. އެގޮތުން ފެބްރުއަރީ 2 އިން 4 އަށް މި ހަރަކާތްތައް ކުރިއަށްގެންދާއިރު، ހަރަކާތްތަކާއި ގުޅޭ މައުލޫމާތު ދިނުމަށް ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފުރަތަމަ އޮންކޯސާރޖަން މުހައްމަދު ޝިފާންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އައިޖީއެމްއެޗްގެ އޮންކޯ ޑިޕާޓްމަންޓްގެ ހެޑް ގެ މަޤާމުވެސް އަދާކުރައްވާ ޝިފާން ވިދާޅުވީ، މިއަހަރުވެސް ކެންސަރު ބަލީގެ ފަރުވާ ފުޅާ ކުރުމާ ގުޅޭގޮތުން 'އޮންކޯސްޕެކްޓްރާ'ގެ ނަމުގައި ކުރިއަށްގެންދާ ކޮންފަރެންސެއް އޮންނާނެ ކަމަށާއި، އޭގެ އިތުރުން ވޯކްޝޮޕެއްވެސް ކުރިއަށްގެންދާނެ ކަމަށެވެ. އަދި މި ކޮންފަރެންސްގައި ދުނިޔޭގެ ކެންސަރަށް ފަރުވާކުރާ މަޝްހޫރު ތަޖުރިބާކާރުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށާއި، އޭގެ ތެރޭގައި އިންޑިއާ، ސައުތް އެފްރިކާ، ޔޫކޭ، ޒިމްބާބްވޭ، ނޭޕާލް އަދި އިޖިޕްޓުން ތަޖުރިބާކާރުން ވަޑައިގަންނަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ދެވަނަ ދުވަސް ޚާއްސަވެގެންދާނީ އިންސާނީ ވަސީލަތްތައް އިތުރުކޮށް، ނަރުހުން ޓްރެއިން ކުރުމުގެ މަސައްކަތް ކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Advertisement

އޭގެއިތުރުން، ސުކޫލުތަކުގެ ޓީޗަރުންނާއި، ކެންސަރު ބައްޔަށް ފަރުވާކުރަމުންދާ މީހުންނަށް މައުލޫމާތުދިނުމަށް ބާއްވާ ޚާއްސަ ސެޝަނެއްވެސް އޮންނާނެ ކަމަށް ކެންސަރ ސޮސައިޓީން ބުނެއެވެ.

އެސްޓީއޯއިން ބުނީ، މި މަސައްކަތްތަކަށް އެސްޓީއޯއިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި، މައިގަނޑު 2 އަމާޒެއްގެ ދަށުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކޮލިޓީ ބޭސް ރާއްޖެއަށް އެތެރެކުރުމާއި، އާސަންދައިގެ ދަށުން ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހަކީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގެ ގޮތުގައި ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ދުވަހެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް