Advertisement
ކ. މާލެ
|
31 ޖެނުއަރީ 2020 | ހުކުރު 09:05
އެމްޑީޕީ ފިޔަވަޅު އަޅާ ކޮމިޓީ ބައްދަލުވުމެއްގެ ތެރެއިން
އެމްޑީޕީ ފިޔަވަޅު އަޅާ ކޮމިޓީ ބައްދަލުވުމެއްގެ ތެރެއިން
އެމްޑީޕީ
އެމްޑީޕީ ޕްރައިމަރީ
ކުޑަކުއްޖަކާއި ބެހުނުކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އެމްޑީޕީ މެމްބަރެއްގެ ކެންޑިޑެސީ ބާތިލުކޮށްފި
ދެ ކެންޑިޑޭޓެއްގެ ކެންޑިޑަސީ ބާތިލު ކުރަން ނިންމާފައިވޭ
އެއީ މަދީހާ އަބްދުﷲގެ ކެނޑިޑޭސީ
އަދި ލ. ކުނަހަންދޫ ކައުންސިލް ޕްރައިމެރީގައި ވާދަކުރާ ކެންޑިޑޭޓެއް ކަމަށްވާ އަޙްމަދު ޝަރީފް

ކުޑަކުއްޖަކާއި ބެހުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ލޯކަލް ކައުންސިލް އިންތިހާބުގައި، ލ. ކުނަހަންދޫ ކައުންސިލް މެމްބަރުކަމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ނިންމި ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލުކުރުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމްޑީޕީ) އިން ނިންމައިފިއެވެ.

އެމްޑީޕީން ބުނީ ބާލިތުކޮށްފައިވަނީ ލ. ކުނަހަންދޫ ކައުންސިލް ޕްރައިމެރީގައި ވާދަކުރާ ކެންޑިޑޭޓެއްކަމަށްވާ އަޙްމަދު ޝަރީފްގެ ކެންޑިޑެސީކަމަށެވެ. އަދި އޭނާގެ ކެންޑިޑަސީ ބާތިލުކޮށްފައިވަނީ ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލު ހިންގިކަމުގެ ތުޙުމަތުކުރެވުނު މައްސަލައެއްގައި ކަމަށެވެ.

އަހުމަދު ޝަރީފްގެ ކެންޑިޑަސީ ބާތިލުކުރުމަށް ނިންމާފައިވާއިރު އެ ޕާޓީން ވަނީ ގއ. ކަނޑުހުޅުދޫ ކައުންސިލް މެމްބަރުކަމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ނިންމި މަދީހާ އަބްދުﷲގެ ކެނޑިޑޭސީ ބާތިިލްކުރަން ނިންމާފައެވެ. މަދީހާ ޢަބްދުއްﷲގެ ކެންޑިޑެސީ ބާތިލުކޮށްފައިވަނީ ޖިންސީ ޢަމަލުގެ ޝިކާރަކަށްވެފައިވާ ތުއްތު ކުއްޖަކާމެދު ޙަމްދަރުދީވުމުގެ ބަދަލުގައި، އެޢަމަލު ހިންގިކަމުގެ ތުޙުމަތުގައި ހައްޔަރުކުރެވިފައިވާ މީހަކާ މެދު ޙަމްދަރުދީވެ، އެމީހާގެ ދިފާޢުގައި ވާހަކަދެއްކި މައްސަލައެއްގައެވެ.

Advertisement

އެމްޑީޕީން ބުނީ ކުޑަކުދިންނާއެކު ޖިންސީޢަމަލު ހިންގުމާއި، އެފަދަ މައްސަލަތަކުގައި އެކުދިންނާމެދު ޙަމްދަރުދީވުމުގެ ބަދަލުގައި، އެފަދަ ޢަމަލު ހިންގާ މީހުންނާމެދު ޙަމްދަރުދީވެ އެމީހުންގެ ދިފާޢުގައި ވާހަކަދެއްކުމަކީ އެމްޑީޕީން ދެކޮޅުކަމެއް ކަމަށެވެ. އަދި އެފަދަ ޢަމަލުތަކަށް މުޖުތަމަޢުއިން ޖާގަދިނުމާއި ހިތްވަރުދިނުމާއިވެސް އެ ޕާޓީން ދެކޮޅު ކަމަށެވެ. އަދި އެމްޑީޕީއަކީ އެފަދަ ޢަމަލުތައް ހުއްޓުވުމަށް މަސައްކަތްކުރުމުގެ ސިޔާސަތެއްގެ މައްޗަށް އެކުލެވޭ ސިޔާސީ ޕާރޓީއެެއް ކަމަށެވެ.

މި ސިޔާސަތު، އެ ޕާރޓީގެ ފަރާތުން އެކިއެކި އިންތިޚާބުތަކަށް ނެރޭ ކެންޑިޑޭޓުންގެ މައްޗަށް ތަންފީޒުކުރުމުގެގޮތުން ކެންޑިޑޭޓުން ވެޓްކުރުމުގެ މަސައްކަތުގެ ތެރެއިން، އެ ދެ ކެންޑިޑޭޓުންގެ މައްސަލަ އެ ޕާޓީން ބަލައި، އެ ކެންޑިޑޭޓުންގެ މައްޗަށް ކުރެވުނު ތުޙުމަތުތަކުގެ ބުރަދަނަށް ރިޢާޢަތްކުރުމަށްފަހު ޕާޓީން ނިންމާފައިވަނީ އެ 2 ކެންޑިޑޭޓުން ލޯކަލް ކައުންސިލް އިންތިޚާބު 2020 އެމް.ޑީ.ޕީ ޕްރައިމެރީއަށް ވާދަކުރުމުގެ ކެންޑިޑެސީ ބާތިލުކުރުމަށް ކަަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް