Advertisement
ކ. މާލެ
|
30 ޖެނުއަރީ 2020 | ބުރާސްފަތި 18:19
ބްރޯޑްކޮމް މެމްބަރުން
ބްރޯޑްކޮމް މެމްބަރުން
ޓްވިޓަރ
ބްރޯޑްކޮމް
ބްރޯޑްކޮމްއަށް ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމު އިޞްލާޙުކޮށްފި
އެއް އިސްލާހަކީ މައްސަލައިގައި ހިމެނޭ ފަރާތްތައް ކޮމިޝަނަށް ހާޒިރުވެ މައްސަލައާ މެދު މަޝްވަރާކުރުން
އަނެއް އިޞްލާހަކީ ބްރޯޑްކޮމްގެ ނިންމުމަކާ މެދު މައްސަލަ ރައްދުވާ ފަރާތަކުން ހިތްހަމަ ނުޖެހޭނަމަ، އެ ފަދަ މައްސަލައެއް މުރާޖަޢާކުރުން
އެފަދަ މައްސަލަތަށް ހުށަހެޅުމަށް ވަނީ 30 ދުވަހުގެ މުހުލަތެއް ދީފައި

ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމު އިސްލާޙުކުރުމަށް ފަހު، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ޢާންމުކޮށްފިއެވެ.

ބްރޯޑްކޮމް އިން ބުނެފައިވަނީ 29 ޖެނުއަރީ 2020 ގައި ބޭއްވި ކޮމިޝަނަރުންގެ ބައްދަލުވުމުގައި މި ނިޒާމަށް ގެނައި މައިގަނޑު އެއް އިޞްލާޙަކީ މައްސަލައިގައި ހިމެނޭ ފަރާތްތައް ކޮމިޝަނަށް ހާޒިރުވެ މައްސަލައާ މެދު މަޝްވަރާކޮށް މައްސަލަ ޙައްލުކުރެވޭނެކަމަށް ކޮމިޝަނަށް ފެންނަ މައްސަލަތަކުގައި އެ ފުރުޞަތު ދެ ފަރާތަށްވެސް ދިނުމާ ބެހޭ ޑިސްޕިއުޓް ރެޒޮލިއުޝަންގެ މަރުޙަލާއެއް ތަޢާރަފުކުރުމެވެ.

މި މާއްދާގެ ދަށުން، މައްސަލައިގެ އަޞްލެއް އޮތްތޯ ބެލުމަށް ކޮމިޝަނުން ބާއްވާ ބައްދަލުވުމުގައި ޑިސްޕިއުޓް ރެޒޮލިއުޝަންގެ ފުރުޞަތު ދިނުމާމެދު ގޮތެއް ކަނޑައަޅާނެކަމަށާއި ޑިސްޕިއުޓް ރެޒޮލިއުޝަންގެ ފުރުޞަތު އޮތްކަމަށް ނިންމާ މައްސަލަތަކުގައި 7 (ހަތެއް) ދުވަހުގެ ތެރޭގައި ޑިސްޕިއުޓް ރެޒޮލިއުޝަންގެ ބައްދަލުވުން އިންތިޒާމުކޮށް އެފަރާތްތަކަށް އަންގާ، އެ މަރުޙަލާ ނިންމުމާއި އެކު ޑިސްޕިއުޓް ރެޒޮލިއުޝަންގެ މަރުޙަލާގައި މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ، އެއްބަސްވެވޭ ގޮތެއްގެ މަތިން މައްސަލަ ނިންމަންވާނެކަމަށް ބްރޯޑްކޮމް އިން ވަނީ ބުނެފައެވެ.

Advertisement

މި ނިޒާމަށް ގެނެވުނު އަނެއް އިޞްލާހަކީ ބްރޯޑްކޮމްގެ ނިންމުމަކާ މެދު މައްސަލަ ރައްދުވާ ފަރާތަކުން ހިތްހަމަ ނުޖެހޭނަމަ، އެ ފަދަ މައްސަލައެއް މުރާޖަޢާކުރުމަށް އެދި އެ ފަރާތަށް ކޮމިޝަނަށް ހުށަހެޅުމުގެ ފުރުޞަތު،ކޮމިޝަނުން ކުރިން ނިންމާފައިވާ މައްސަލަތައްރައްދުވާ ފަރާތްތަކަށް ވެސް ލިބިގެން ދިއުމެވެ.

އެގޮތުން މިފަދަ މައްސަލަތައް މުރާޖަޢާކުރުމަށް އެދޭނަމަ، މި މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކަމަށް އެދި‘މައްސަލައިގެ ނިންމުން މުރާޖަޢާކޮށްދިނުމަށް އެދޭ ފޯމު’މެދުވެރިކޮށް ކޮމިޝަނަށް ހުށަހަޅަންވާނެކަމަށާއި މުރާޖަޢާކުރަން އެދޭ މައްސަލަތައް ބަލަން ނިންމާނީ މުރާޖަޢާ ކުރުމަށް ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް އޮތްނަމަކަމަށް ބްރޯޑްކޮމް އިން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް