Advertisement
ކ. މާލެ
|
30 ޖެނުއަރީ 2020 | ބުރާސްފަތި 17:21
އެމްޑީޕީގެ މެމްބަރުން
އެމްޑީޕީގެ މެމްބަރުން
ރާއްޖެއެމްވީ
އެމްޑީޕީ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އެމްޑީޕީ ޕްރައިމަރީއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
މުއްދަތު އިތުރުކޮށްފައިވަނީ 2 ފެބްރުއަރީގެ ނިޔަލަށް
ސުންގަޑި އިތުރުކޮށްފައިވަނީ ގިނަ ބައެއްގެ އެދުމުގެ މަތިން
އަންހެންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް 929 މެމްބަރުން އިންތިހާބު ކުރެވިގެންދާނެ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އެމްޑީޕީ ޕްރައިމަރީއަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އެމްޑީޕީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ގިނަ ބައެއްގެ އެދުމުގެމަތިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ)ގެ އެމްޑީޕީ ޕްރައިމަރީގެ އެޕްލިކޭޝަން ފޯމް ބަލައިގަތުމުގެ ސުންގަޑި 2 ފެބްރުވަރީ 2020 ވާ އާދިއްތަ ދުވަހުގެރޭ 22:00 އަށް އިތުރުކޮށްފައިވާކަމަށެވެ.

Advertisement

އެމްޑީޕީން ބުނެފައިވަނީ، ޕްރައިމަރީގައި ކުރިމަތިލުމަށް އެދޭ ފޯމް ޕާޓީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެވެބްސައިޓްއިން ލިބެން ހުންނާނެކަމަށާއި އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑުގެ ކޮޕީއަކާއި އެކު އެމްޑީޕީ ސެކްރެޓޭރިއެޓުގެ 2 ވަނަ ފަންގިފިލާ އަދިއީމެއިލްކުރެއްވުމަށް އެ ޕާޓީން ވަނީ އިލްތިމާސްކޮށްފައެވެ.

ލާމަރުކަޒީ ޤާނޫނުގައިވާގޮތުން ކޮންމެ ރަށެއްގެ އަދި ސިޓީއެއްގެ ކައުންސިލާއި އެކުގައި، އެސިޓީއެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްްކަތް ކުރުމަށްޓަކައި އެރަށެއްގެ ނުވަތަ އެ ސީޓީއެއްގެ އަންހެނުންގެ ތެރެއިން އެރަށެއްގެ ރައްޔިތުންގެ އިންތިޚާބުކުރާ އަންހެނުންގެ ތަރއްޤީއަށް މަސައްކަތް ކުރާ ކޮމިޓީއެއް އޮންނަންވާނެ އެވެ. އަންހެންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް 929 މެމްބަރުން އިންތިހާބު ކުރެވިގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެކުރިން ބުނެފައެވެ. މިއީ އިލެކްޝަންސް ކޮމިޝަންގެ ދަށުން ބާއްވާ އިންތިހާބެއްގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއެއް ހޮވާ ފުރަތަމަ ފަހަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް