Advertisement
ކ. މާލެ
|
30 ޖެނުއަރީ 2020 | ބުރާސްފަތި 18:16
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ރާއްޖެއެމްވީ
ވޫހާން ސިޓީގައި ތިބި ދިވެހިން
ވޫހާން ސިޓީގައި ތިބި ދިވެހިންނަށް މާލީ އެހީތެރިކަން ވެސް ދަނީ ފޯރުކޮށްދެމުން: މިނިސްޓަރ ޝާހިދު
މުޅި ޗައިނާގައި 69 މީހުން
ވުހާން ސިޓީގައި 9 މީހުން، ރާއްޖެއަންނަން ބޭނުންވަނީ 7 މީހުން
ވުހާން ސިޓީގައި ދިރުއުޅޭ ދިވެހިންނަށް ކޮންމެ މީހަކަށް ދުވާލަކަށް 50 ޑޮލަރު ސަރުކާރުން ދެމުންދޭ

ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާން ސިޓީގައި ތިބި ދިވެހިންނަށް މާލީ އެހީތެރިކަން ވެސް ފޯރުކޮށްދެމުންދާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވޫހާން ސިޓީގައި ދިވެހި 9 މީހަކު ދިރިއުޅެމުންދެއެވެ. ރައީސް އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ، ޗައިނާ ވޫހާން ސިޓީއަށް ވަދެ ނިކުމެ އުޅުން މަނާކޮށްފައިވާއިރު، އެތާނގައި ތިބި ދިވެހިން ރާއްޖެގެނައުމުގައި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އެހެންނަމަވެސް، އެމީހުން ވީއެންމެ އަވަހަކަށް ރާއްޖެ ގެނެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި، ފުރަތަމަ އެ ދިވެހިން ޗައިނާއިން ބޭރުކުރެވޭތޯ ވަރަށް ބޮޑަށް ބައްލަވަމުން ގެންދަވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ ދިވެހިން ތިބި ސިޓީއަކީ ކަރަންޓީނުކޮށްފައިވާ، ސިޓީއަކަށްވާތީ، ކާބޯތަކެތީގެ އަގުތައްވެސް ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށެވެ. ކާބޯތަކެތީގެ ދަތިތަކާ ކުރިމަތިވަމުންދާތީ ސަރުކާރުން މަލީ އެހީ ވެސް އެފަރާތްތަކަށް ފޯރުކޮށްދެމުންދާ ކަމަށް ޝާހިދު ވިދާޅުވި އެވެ. އެގޮތުން އެއިން ކޮންމެ މީހަކަށް ދުވާލަކަށް 50 ޑޮލަރު ސަރުކާރުން ފޯރުކޮށްދެމުންދާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، އެ މީހުން ރާއްޖެ ގެނައުމަށްޓަކައި، އެހެން ޤައުމުތަކާއެކުވެސް ވާހަކަ ދައްކަމުންދާ ކަމަށާއި، ވަރަށް އަވަހަށް އެކަން ހަމަޖެހިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެމީހުން ޗައިނާއިން ބޭރުކުރުމަށްޓަކައި ފުރަތަމަ ގެންދެވޭ ޤައުމެއްގައި، އެ އޮންނަ އުޞޫލުން އެމީހުންގެ ޞިއްޙީ ޙާލަތު ދެނެގަނެވި، ބެލުންތައް ބެލުމަށްފަހު، ރާއްޖެ ގެނައުމަށްޓަކައި މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

Advertisement

ޝާހިދު ވިދާޅުވީ، ވުހާން ސިޓީގައި ތިބި 9 މީހުންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވަނީ 7 މީހުން ކަމަށެވެ. އަދި މުޅި ޗައިނާގައި 69 ދިވެހިން އުޅޭކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝަހީދު ވިދާޅުވީ ކޮރޯނާ ވައިރަސް ފެނިފައިވާ ޤައުމުތަކަށް ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވާ ނުދިއުމަށް ސަރުކާރުން އިލްތިމާސް ކުރާ ކަމަށެވެ. ދިވެހި ސަރުކާރުން އެންމެ ފުރަތަމަ ކަށަވަރުކުރަން ބޭނުންވަނީ ދިވެހި ރައްޔިތުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަމަށްވާތީ، ހުރިހާ ރައްޔިތުންވެސް މިފަދަ ކަންކަމަށް ސަމާލުވުމަށްވެސް ޝާހިދު އެދިވަޑައިގެންނެވި އެވެ.

ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އެކުލަވާލި ޚާއްޞަ "އެމަރޖެންސީ ކޮމިޓީ" އިން ދަނީ ޗައިނާގައި މި ވައިރަސް އެންމެ ފުރަތަމަ ރިޕޯޓުކުރެވި، އަދި އެންމެ ގަދައަށް ފެތުރެމުންދާ ވުހާން ސިޓީގެ ކަންކަން ވަރަށް ގާތުން ބަލަމުންނެވެ. ޑަބްލިއުއެޗްއޯއިން ވަނީ، ކޮރޯނާ ވައިރަސްގެ ނުރައްކާ ޗައިނާއަށް ވަރަށް ބޮޑު ކަމަށާއި، އަދި ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް މިވައިރަސްގެ ނުރައްކާ ބޮޑުކަމަށް މިމަހުގެ 28 ވަނަ ދުވަހު ކަނޑައަޅާ އިޢުލާންކޮށްފައެވެ. އެހެންނަމަވެސް މިއީ "ގްލޯބަލް އެމަރޖެންސީ" އެއް ނުވަތަ ދުނިޔެ މިކަމުގައި ކުއްލި ޙާލަތަކައް އަންނަންވީ ކަމެއްގެ ގޮތުގައި އަދި ކަނޑައަޅާފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް