Advertisement
ކ. މާލެ
|
30 ޖެނުއަރީ 2020 | ބުރާސްފަތި 15:08
ޗައިނާގެ އެއާޕޯޓެއް
ޗައިނާގެ އެއާޕޯޓެއް
ސޯޝަލް މީޑިއާ
ފޮރިން މިނިސްޓްރީ
ޗައިނާއިން ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތައް ވަގުތީގޮތުން ހުއްޓާލަން ނިންމައިފި
އެކަން އިއުލާން ކުރެއްވީ ފޮރިން މިނިސްޓަރު

ކޮރޯނާ ވައިރަސްގެ ސަބަބުން ޗައިނާ އިން ރާއްޖެއަށް ދަތުރުކުރާ ސީދާ ފްލައިޓްތައް ވަގުތީ ގޮތުން ހުއްޓާލަން ސަރުކާރުން ނިންމައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝަހިދު ވިދާޅުވީ އެގޮތަށް ނިންމީ، ގިނަ ފަރާތްތަކާއި މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ. އަދި މިވަގުތަށް ހުއްޓާލުމަށް ނިންމާފައިވަނީ ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުކުރާ ފްލައިޓްތައް އެކަނިކަމަށް ޝާހިދު ވިދާޅުވި އެވެ.

Advertisement

މިނިސްޓަރ ޝާހިދު ވިދާޅުވީ އެ ފިޔަވަޅު އެޅީ މިވަގުތަށް، އެ ފިޔަވަޅު އަޅަންޖެހުމުންކަމަށާއި، އެއީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި ފިޔަވަޅެއްކަމަށެވެ. ޗައިނާއިން ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތައް އެއްކޮށް ހުއްޓާލުމަށް ނިންމުން އެހާ ލަސްވީ ކީއްވެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން އެ ސުވާލަށް މިނިސްޓަރ ޝާހިދު ސީދާ ޖަވާބެއް ނުދެއްވަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ފްލައިޓްތައް ހުއްޓާލުމަށް ނިންމީ، ޓޫރިޒަމް ދާއިރާގެ ހުރިހާ ފަރާތްތަކާއި މަޝްވަރާކުރުމަށްފަހުގައި ކަމަށެވެ. އަދި އެކަމުގައި ހުރިހާ ފަރާތްތަކަށް އެންމެ ފައިދާވާނެގޮތްތައް ބަލާފައިވާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް