Advertisement
ކ. މާލެ
|
30 ޖެނުއަރީ 2020 | ބުރާސްފަތި 15:13
ރާއްޖޭގެ މިސްކިތެއް
ރާއްޖޭގެ މިސްކިތެއް
ޝުއައިބް މުހައްމަދު އިގްބާލް
އިސްލާމިކް މިނިސްޓްރީ
ނުރައްކާތެރި ބަލިތަކުން ސަަލާމާތްކޮށްދިނުމަށް ގުނޫތު ކިޔަނީ
ގުނޫތު ކިޔަން ފަށަނީ ބުރާސްފަތި ދުވަހުން ފެށިގެން

ހިމަބިއްސާއި ކޮރޯނާވައިރަސް ފެތުރުން އާއްމުވެފައިވާތީ ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ގުނޫތު ކިޔާން ޖެހޭ ގޮތަށް ހަމަޖައްސައިފިއެެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ހިމަ ބިއްސާ، ކޮރޯނާވައިރަސް ފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްކޮށް ދެއްވުމަށް އެދި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ބުރާސްފަތި ދުވަހުން ފެށިގެން ގުނޫތު ނާޒިލާ ކިޔާ ގޮތަށް ހަމަޖެހިފައިވާ ކަމަަށެވެ.

Advertisement

ގޫނޫތު ނާޒިލާ އަކީ ބޮޑު ކާރިސާއެއް ކުރިމަތިވުމުން ކިޔާ ހާއްސަ ދުއާ އެކެވެ.

ހެލްތް މިނިސްޓްރީން ހާމަކޮށްފައިވާގޮތުން އަށް މީހަކު ވަނީ ހިމަބިއްސަށް ޕޮޒިޓިވް ވެފައެވެ. މުޅިން އެއްކޮށް ނައްތާލެވިފައިވާ މި ބަލި އަނެއްކާވެސް ރާއްޖެއިން ފެނިފައިވާއިރު، ބައްޔާއި މެދު މީހުން ހޭލުންތެރިކުރުމަށް ހެލްތް މިނިސްޓްރީން ދަނީ އެކި ކަހަލަ ޕްރޮގްރާމްތައް ހިންގަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް